Saturday, June 27, 2009

Ibrahim Didi

IBRAHIM DIDI




އިބްރާހީމް ދީދީ ( ޒިޔާރަތްދޮށުގެ އިބްރާހީމް ދީދީ ) އުފަންވީ ގައެވެ. ބައްޕައަކީ ޙަސަން ދީދީގެ ޢަލިދީދީއެވެ މަންމަ އަކީ މަރިޔަމްބީގެ 

ޙައްވައެވެ އަކުރު އުގެނުނީ މީދޫ މަކުތަބުންނެވެ. ގުރުއާން ކިޔަވަން ދަސްކުރީ ބޮޑުއެޅެގޭ މުޙައްމަދު ދީދީ ކާރިންނެވެ

ދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ހުޅުދޫ އަޙްމަދު ރަހާގެ މުޙައްމަދުގެ ގޭގައި މުޙައްމަދާއި އެކު އަތްކަންކުރުމެވެ. މުޙައްމަދު ކާރިން މިމަސައްކަތް ވަރަށް ރަގަޅަށް ދަސްކުރުމަށް ފަހު އިބްރާހީމް ދީދީގެ އަމިއްލަ ގޭގައ

 މިމަސައްކަތް ފެށްޓެވިއެވެ. އަތްކަންކުރުމުގެ ރޮގުން މައިގަޑު ތަކެއްޗެއްގެ ގޮތުގައި ތެލި،ތާސް،ހުޅު،ތަޅު،ތަންޑު، އިސްތިރި އާއި ބަދިގޭގައި ގެންގުޅޭ އުދުޅި،ދަބު،ސަމުސާ، ފަދަ ތަކެތި އުފައްދައެވެ


އަތްކަންކުރުމުގެ އިތުރަށް އިބްރާހީމް ދީދީ އަކީ ތަޖުރިބާކާރު އަތްދަށު ވަޑިއެކެވެ. އަތްދަށު ވަޑިއެއްގެ ގޮތުގައި މަހަސީރު ބޯޓް،ޗިލްކާބޯޓް،ވައިޓަރން،މުޙައްމަދު ފުޅު ބޯޓް،ސައިމާ ބޯޓް،ފެރީ ބޯޓް،އަލްމާ ބޯޓްފަދަ ބޯޓް ފަހަރު ބަނުމުގެ މަސައްކަތް ކޮށްފައި ވެއެވެ


ރާއްޖޭގެ ގައުމީ މަސައްކަތްތެރި ކަމުގެ މަޢުރަޒްތަކަށް އިބްރާހީމް ދީދ ތައްޔާރުކޮށް ފައިވާ އެކިއެކި ތަކެތި އެކިއެކި ފަހަރު ހުށަހަޅާފައި ވެއެވެ

މިހާރު އިބްރާހީމް ދީދީ އަކީ ހަތްދިހަ އަހަރުން މަތީގެ މީހެކެވެ. މިޢުމުރުގައި ވެސް އޭނާއަކީ ވަރަށް ހީވާގި މަސއްކަތް ތެރިއެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް ކަބުރުގޭގައި ހޭދަކުރެއެވެ. އިބްރާހީމް ދީދީ ބުނުއްވާގޮތުގައި ޒުވާން
ދުވަސްވަރު ކުރި މަސައްކަތާއި މިހާރު މިކުރާ މަސއްކަތާއި އަޅާ ބަލާއިރު މިހާރު މިކުރާ މަސައްކަތް އަވަސް ވެފައި ހަށިގަޑަށް މާލުއި ކަމަށް އިހްސާސް ކުރެވެއެވެ. ސަބަބަކީ މިހާރު ގިނަ މަސައްކަތް ކުރަނީ ކަރަންޓް އާލާތުގެ އެހީގައި ކަމަށް ވާތީއެވެ

އިބްރާހީމް ދީދީ އަކީ މީހުންނާއި ގުޅޭ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ޢާންމު ގޮތެއްގައި މަސައްކަތުގެ އަގު ނަގަނީ
ކަސްޓަމަރ އެދޭ ގޮތަކަށެވެ

އިބްރާހީމް ދީދީގެ އަނބިކަބަލުން އާމިނަތުދީދީ ވަނީ މިދުނިޔެ ދޫކުރައްވާފައެވެ. މިދެމަފިރިންގެ ތިބީ ތިން އަންހެން ދަރިންނާއި ފިރިހެން ދަރިއެކެވެ.







.

No comments:

Post a Comment