ފަޟީލަތުލް ޢައްލާމަތުއް ޝައިޚް އިބްރާހީމް ތަކުރުފާނު އައިސާދަރު ދޮންބެއްޔާ ( 1828 – 1916 ) އަކީ ދިވެހި ރާއްޖޭގެ ތަޢުލީމްގެ އެއްބާނީއެވެ އެތަކުރުފާނަކީ ދިވެހި ޢިލްމީ މުޖައްދިދުންގެ ތެރެއިން އެއްމުޖައްދިދެވެ. މިޒަމާނުގެ ތަޢުލީމްގެ ހަރަކާތުގެ ތާރީޚް ފެށުނީ އައްޑޫ މީދޫގައި އެތަކުރުފާނު ފެއްޓެވި ޢިލްމީ ތަޙްރީކުންނެވެ. އެކަލޭގެފާނަކީ ޢިލްމާއި ހުނަރުގެ އަދި އަޚްލާޤުގެ ނަމޫނާ ޝަޚްސިއްޔަތެކެވެ. ވާދޫ ދަންނަކަލޭގެ ފާނުގެ ޢިލްމީ ޙަރަކާތަށް އާދިރުމެއް ގެންނަވައި އެޢިލްމް މިޒަމާނުގެ ޖީލުތަކާއި ހަމައަށް ވާސިލްކޮށް ދެއްވި ރާއިދަކީ އެތަކުރުފާނެވެ.އެތަކުރުފާނުގެ ޢިލްމީ ސަނަދު އެކަލޭގެފާނުގެ ކާފައިކަލުންނަށްވި އަލްޢައްލާމާ މުޙައްމަދު ޝަމްސުއްދީން ބޮޑު ފަޑިޔާރު ތަކުރުފާނުގެ މަގުން އަލްޢައްލާމާ މުޙައްމަދު ޖަމާލުދީން ވާދޫ ދަންނަކަލޭގެފާނާއި ގުޅިފައިވެއެވެ. އައްޑު އަތޮޅު މީދޫ އައިސާބީގެ ދަރު އަލް ޚަޠީބު އައްޝައިޚް ހުސެން ތަކުރުފާނުގެ ދަރިކަލުންނެވެ. އަލްޤާޒީ މޫސާ ބަދުރުއްދީން ފަޑިޔާރު ތަކުރުފާނަކީ އެކަލޭގެ ފާނުގެ ބޭބޭފުޅެވެ. އިބްރާހީމް ތަކުރުފާނުގެ ދަރިވަރުންގެ ތެރޭގައި ޝެއިޚް ހުސެން ސަލާޙުއްދީނާއި ޝެއިޚް އިބްރާހީމް ލުތުފީ އާއި އެތަކުރުފާނުގެ ދަރިކަލުން އަޙްމަދު ދީދީފަދަ ފުއްނާބު އުސް ޢިލްމްވެރިން ހިމެނި ވަޑައިގެންފައި ވެއެވެ
( މަޢުލޫމާތު ވިކިޕީޑިއާ)
( މަޢުލޫމާތު ވިކިޕީޑިއާ)
No comments:
Post a Comment