![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEin9O3tXVYriQMLwrZslcEaYGU_i0K1K5Bsiz2VqjVJrFI8-f7jGdkl0h7NTERi5tj9BRXKNP5_L4dtJ1WVpmiZMowcMneuFEp0mW1IJ7y1Om_Q6WNmD7XUVK3mjUpmgaurL-Mq6nTc9HI/s400/hussain_ali.jpg)
ހުސެން ޢަލީ ( ބޭބޭ ޢަލިޔަގެ ޙުސެން ) އުފަންވީ 1922 ވަނައަހަރުތެރޭގައެވެ. ބައްޕަ އަކީ ޢަލީ އަޙްމަދެވެ. މަންމަ އަކީ މަރިޔަމް ދައިތާ އެވެ. އަކުރު އުގަންނައިދީ ގުރުއާން ކިޔަވަން ދަސްކޮށް ދިނީ ބިއްދަރިގޭ އިބިރިހިމް ބެއްޔައެވެ
ދިރި އުޅުމަށް ޓަކައި މައިގަޑު މަސައްކަތެއްގެ ގޮތުގައި ކޮށްއުޅުނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރި ކަމުގެ ރޮގުން ހުސެން އަކީ ފާހަގަކޮށްލެވޭ ތަޖުރިބާކާރު އެންކެޔޮޅެކެވެ. 10 ފަލި ދޯންޏަކާއި 8 ފަލި ދޯންޏެއް ހުސެން އަތުގައި ހުއްޓެވެ. މީގެ ތެރޭން އެއްދޯނި މީނާގެ ކޮއްކޮ މޫސާ ޢަލީގެ މާކެޔޮޅުކަމުގައި މަހަށް ފުރާފައިވެއެވެ
ނަވާރަ ސަތޭކަ ފަންސާހުގެ އަހަރު ތަކުގައި ހިކިމަހާއި ކޮޕްރާ ބޮޑިހަލުވާ ހިފައިގެން އޮޑި ފަހަރުގައި އޮޅުދޫކަރަ އަށް ވިޔަފަރިކަމުގެ އެތައް ދަތުރެއް ކޮށްފައިވެއެވެ. ފަރިތަކަމާއެކެ ސިންގަޅަ ބަހުން ވާހަދައްކައެވެ. 1959 ގައި އަތިރަގޭ ޢަލިމަނިކުފާނު ( ސ.މީދޫ ގުލްފާމް ވާދީ ޢަލީ އަންވަރު ) އޮޑިން އޮޅުދޫކަރަ ( ސްރީލަންކާ ) އަށް ދިޔަމީހުން ރާއްޖެ އައި މަގުމަތީ މާލެ ނުޖައްސާ އައްޑުއަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި އެއޮޑިން ދިޔަ އެތަށް ބަޔަކު އަރުވާލި އިރު ސަލާމަތްވި މީހުންގެ ތެރޭ ހުސެން ޢަލީ ވެސް ހިމެނުނެވެ. ހުސެން އަކީ އެދުވަސްވަރު މީދޫގައި ތިބި ތަނަވަސް މީހުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ
ރަށުގެ ތަރަށްޤީއަށްޓަކައި ކުރެވުނު ގިނަގުނަ މަސައްކަތުގައި ހުސެން ޢަލީ ބައިވެރި ވެފައިވެއެވެ. 1960 ގެ އަހަރު ތަކުގައި މީދޫގައި އަޅާފައިވާ ގައުފާލަން އެޅުމުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ އިތުރަށް މެދެގޭ ދޯނީގައި ގިނަ ޢަދަދެއްގެ ގައު ފާލަން އެޅުމަށްޓަކައި އުފުލާފައި ވެއެވެ
އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެތަނަށް މީދޫން މަސައްކަތު ދިޔަމީހުން ހުސެންގެ މާލިމީކަމުގައި ހުސެން ދޯނިން ގަމަށް އުފުލާފައިވެއެވެ
ހުސެން ޢަލީ ނިޔައުވީ 2001 ވަނައަހަރު އެވެ. ނިޔައުވިއިރު އަންބަކާއި ފަސް ފިރިހެން ދަރިންނާއި އަންހެން ދަރިޔަކު ދުނިޔޭގައި ތިއްބެވެ

No comments:
Post a Comment