އަލްޤާޒީ ހަސަން އަކީ އަލްޤާޒީ މުޙައްމަދު ޝަމްސުއްދީނު އައްޑޫ ބޮޑުފަޑިޔާރު މަނިކުފާނުންގެ ފުތް ނާއިބް އިބްރާހީމް ތަކުރުފާނުންގެ ދަރިކަލުންނެވެ. މީނާއަށް ފަޑިޔާރުކަން ދެއްވީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު ހިޖުރައިން އެއްހާސް ހަތްދިހަ ދެވަނަ އަހަރުގެ ތަރޭގައެވެ. ކުރިން ހުންނެވި އުއްތަމަ ފަޑިޔާރު މަނިކުފާނު އަލްޤާޒީ ހުސެއިން އިބްނި އަލްޤާޒީ މުޙައްމަދު ޝަމްސުއްދީނު ނިޔައުވުމުންނެވެ. މިކަލޭގެފާނު މާގިނަ ދުވަހަކު ފަޑިޔާރު ކަމެއް ނުކުރައްވައެވެ.- މަޢުލޫމާތު ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2
Tuesday, June 16, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment