Tuesday, June 16, 2009

Al Qazi Hussain

މިއީ އަލްޤާޒީ މުޙައްމަދު ޝަމްސުއްދީން އައްޑޫ ބޮޑު ފަޑިޔާރުތަކުރުފާނުންގެ ދަރިކަލުންނެވެ. މީނާއާއި ފަޑިޔާރުކަމާއި މަތިކުރެއްވީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރެވެ. ހިޖުރައިން 1070 ވަނައަހަރުގެތެރޭގައި އޭގެ ކުރިން ހުންނެވި އަލްޤާޒީ އަޙްމަދު އަލްޙާފިޒް ނިޔައުވުމުންނެވެ

އަލްޤާޒީ ހުސެއިން ތަކުރުފާނު ފަޑިޔާރުކަމުގައި ހުންނަވައި ނިޔައުވީ ހިޖުރައިން 1072 ޝަޢުބާން މަހުގެ 14 ވީ އަންގަރަ ދުވަހުއެވެ. ފަސްދާނު ލެވުނީ މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައެވެ- މަޢުލޫމާތު ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2

No comments:

Post a Comment