Wednesday, June 3, 2009

Mohamed Abdul Kareem





މުޙައްމަދު ޢަބްދުލް ކަރީމް އުފަންވީ 4 ޖޫން 1961 ގައެވެ. ބައްޕައަކީ ޢަބްދުލް ކަރީމް މަޙްމޫދެވެ.މަންމައަކީ ޢާއިޝަތު ޢަލީ އެވެ.އަކުރު އުގަންނައިދީ ގުރުއާން ކިޔަވަން ދަސްކޮށް ދިނީ ބައްޕަ ޢަބްދުލް ކަރީމެވެ.ޢުމުރުން 8 އަހަރުގައި މުޅިގުރުއާން ޚަތިމް ބަލައިގެން ކިޔަވަން ދަސްކުރިއެވެ.
އެއަށް ފަހު ގުރުއާން،ދީނިއްޔާތު،ހިސާބު،ޢަރަބި ތާނަލިޔުން ، ދިވެހިބަސް، އަޚްލާޤް،ޢަރަބި ކިޔަވަން ސ.މީދޫ މަކްތަބުލް އަސްރިއްޔާގައި 1973 ން 1975 އަށް އުޅުއްވިއެވެ.
ދީނީ ތަޢުލީމް ޙާސިލް ކުރުމަށް 23 ފެބުރުއަރީ 1976 ގައި ކަރީމް އިންޑިޔާއަށް ގޮސް ޑާބީލްގެ މަދުރަސާ ޖާމިޢާ އިސްލާމިއްޔާ ތަޢުލީމުއްދީނުގައި ތަޢުލީމް ޙާސިލްކުރެއްވިއެވެ. މިމަދުރަސާގައި އުރުދޫ ބަހާއި ޢަރަބި ބަހާއި ދީނީ ތަޢުލީމް ޙާސިލް ކުރެއްވިއެވެ. 12 އޮކްޓޯބަރ 1976 ގައި ކީރިތި ގުރުއާން ހިތުދަސް ކުރަން ފަށާ 25 ޖެނުއަރީ 1978 ގެ ނިޔަލަށް މުޅިގުރުއާން ހިތުން ދަސްކުރިއެވެ.ފަނަރަ މަސް ދުވަހުގެ ތެރޭގައި ކަރީމް ވަނީ މުޅި ގުރުއާން ހިތު ދަސްކޮށް ފައެވެ. މިއަށް ފަހު 22 ޖޫން 1982 ގައި ކިޔެވުން މެދު ކަނޑާލާފާ ކަރީމް މާލެ އައެވެ.
މާލެ އައިސް ޙާފިޒް ކަމުގެ ސަނަދު ނެގުމުގެ މަގުސަދުގައި މައުހަދުއް ދިރާސާތުލް އިސްލާމިއްޔާއަށް ވަދެ އެތަނުން ގުރުއާނާއި ތަޖުވީދު ދަސްކޮށް 14 މާރޗް 1985 ގައި އިމްތިހާނުގައި ބައިވެރިވެ ފާސްވެފައި ވެއެވެ.
ގުރުއާން ދަސް ޙާފިޒުންގެ ލިސްޓްގައި ރަޖިސްޓްރީ ކުރެވުނީ 24 މާރޗް1985 ގައެވެ ސަރުކާރުން ގުރުއާން ދަސް ޙާފިޒުންނަށް ދެއްވާ އިނާޔަތު 24 މާރޗް 1985 ން ފެށިގެން ކަރީމަށް އަންނަނީ ލިބެމުންެެނެވެ.
ކަރީމް ހޯދާފައިވާ ކާމިޔާބު ތަކުގެ ތެރޭގައި މައުހަދުއް ދިރާސާތުލް އިސްލާމިއްޔާގެ 4 ވަނަ ގުރުއާން މުބާރާތުގެ ހިތު ދަސްކުރުމުގެ ގޮފިން 1 ވަނަ ، މައުހަދުއް ދިރާސާތުލް އިސްލާމިއްޔާގެ 5 ވަނަ ގުރުއާން މުބާރާތުގެ ހިތު ދަސްކުރުމުގެ ގޮފިން 1 ވަނަ ،ޖަމްޢިއްޔަތުލް ފަލާޙްގެ 14 ވަނަ ގުރުއާން މުބާރާގެ ހިތު ދަސްކުރުމުގެ ގޮފިން 1 ވަނަ އާއި މުޅި މުބާރާތުގެ އެއްވަނަ ، ގައުމީ 2 ވަނަ ގުރުއާން މުބާރާތުގެ ހިތު ދަސްކުރުމުގެ ގޮފިން އެއްވަނަ ހޯދާފައި ވެއެވެ.
24 ޖެނުއަރީ 1986 ގައި މައްކާގައި ބޭއްވުނު ބައިނަލް އަގްވާމީ 8 ވަނަ ގުރުއާން މުބާރާތުގެ ހިތު ދަސްކުރުމުގެ ގޮފީގައި ބައިވެރިވެ އެގޮފީގެ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.
ކަރީމް ޙާސިލްކޮށް ފައިވާ ސަނަދު ތަކުގެ ތެރޭގައި ޖަމާޢަތްތެރި ކަމުގެ ސަނަދާއި އިމާމްވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުމުގެ ސަނަދު ހިމެނެއެވެ. މީގެ އިތުރަށް ކިޔަވައި ދިނުމަށް ބޭނުންވާ އެކިއެކި ހުނަރުތައް
ދަސްކޮށްދޭ ވޯކްޝޮޕްތަކުގައި ކަރީމް ބައިވެރިވެ އެކަމުގެ ހަނދާނީ ލިޔުންތައް ލިބިފައިވެއެވެ.
ކަރީމް އެންމެފުރަތަމަ އަދާކުރީ ސ.އަތޮޅު މަދަރުސާގެ ގުރުއާން މުދައްރިސް ކަމުގެ ވަޒީފާއެވެ.
އެމަދަރުސާގެ ވަޒީފާގައި 8 އަހަރު އުޅުމަށް ފަހު މީދޫ ޝަމްސުއްދީން ސްކޫލްގެ ގުރުއާން ޓީޗަރަކަށް
9 މެއި 1994 ގައިވަނީ ބަދަލު ކުރައްވާފައެވެ. ސަރުކާރުގެ ވަޒީފާގައި އުޅޭތާ 20 އަހަރު ވުމާއި ގުޅިގެން
13 އޯގަސްޓް 2008 ގައި ކަރީމަށް ވަނީ ޕެންޝަން ލިބިފައެވެ. ކަރީމް މިހާރުވެސް ދަނީ ޝަމްސުއްދީނު ސްކޫލްގެ ގުރުއާން ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންނެވެ
ގުރުއާން ހިތުދަސްކޮށް ދިނުމަށްޓަކައި ކަރީމް ކްލާހެއް ހިންގަވައެވެ. މިކްލާހުގެ ދެ ބައިވެރިން ގުރުއާން ހިތު ދަސްކޮށް ޙާފިޒް ކަމުގެ ސަނަދު ނަގާފައިވެއެވެ.

No comments:

Post a Comment