މޫސާ ޢަލީ ( ބެބޭ ޢަލިޔަގެ މޫސާ ) އުފަންވީ 5 އޯގަސްޓް 1924 ގައެވެ. މަންމަ
އަކީ މަރިޔަމް ދައިތާއެވެ ބައްޕައަކީ ޢަލީ ޢަޙްމަދެވެ
ދިރިއުޅުމަށް ކުރި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރި ކަމެވެ. މާކެޔޮޅެއްގެ ގޮތުން މެދެގޭ ދޯންޏާއި އިސްމެހެލި ކަލޭގެ ދޯންޏާއި އަލިމަނިކާގެ ދޯނީގައި މަހަށް ފުރާފައި ވެއެވެ. ދަނޑުވެރިކަމުގެ ރޮގުން މައިގަޑު މަސައްކަތެއްގެ ގޮތުގައި ކޮށްފައިވަނީ އޮޅު އަލަ ހެއްދުމެވެ. އޮޅު އަލައިގެ އިތުރަށް ޒުވާރި ކުދިބަތް ބިންބި ކަރާވެސް ހެއްދިއެވެ
ޢުމުރުން ދުވަސްވީ މީހުންގެތެރެއިން މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތުން ދެއްވި ހަނދާނީ ފިލާ މޫސާ ޢަލީއަށް ލިބިފައިވެއެވެ

ނިޔައުވީ 24 އޯގަސްޓް 2002 ގައެވެ. ވަޅުލެވި ފައިވަނީ ކޯގަންނު ގަބުރުސްތާނު ގައެވެ. ދުނިޔެ ދޫކުރިއިރު އަންބަކާއި ފިހެން ދަރިއަކާއި އަންހެން ދަރިއަކު ދުނިޔޭގައި ތިއްބެވިއެވެ. އަބިމީހާ އަކީ ކުދުބެޔާގެ މަރިޔަމް ދީދީ އެވެ. އަންހެން ދަރިއަކީ ވިލާޝޭޑް ފާތުމަތު ދީދީ އެވެ. ފިރިހެން ދަރި އަކީ ނޫރާނީމާގެ މުހައްމަދު ނަސީރެވެ. މުޙައްމަދު ނަސީރު މިހާރު ދިރި އުޅެނީ ސްވިޒަރލޭންޑްގެ މީހަކާއި އިދެގެން އެގައުމުގައެވެ
No comments:
Post a Comment