ކުންނިއަރު އިބްރާހީމް ދީދީ އަކީ އެޅަވަލިގޭ ތުއްތު އާއި ގަޑުވަރު އަޙްމަދު ދީދީގެ ޢާއިޝަތު ދީދީގެ ދަރިކަލުންނެވެ
ދިރިއުޅުމަށްޓަކައި ކުރި މަސައްކަތްތަކަކީ މަސްވެރިކަމާއި އަތްކަންކުރުމެވެ. މިރޮގުން އިބްރާހީމް ދީދީ އަކީ މޮޅުކެޔޮޅެއްގެ އިތުރަށް ރަށުން ފާހަގަކޮށްލެވޭ އަތްކަންތެރިއެކެވެ. އަތްކަން ކުރުމުގެ ރޮގުން މައިގަޑު މަސައްކަތެއްގެ ގޮތުގައި ކޮށް އުޅުނީ ފުރޯ ވަޅި ކަތިވަޅި ހެދުމާއި ބުޅި ޖެހުމާއި ރިހިފަށްޓަރު ހެދުމެވެ. އިބްރާހީމް ދީދީ އަކީ ރަށުގެ ކަންތަކުގައި އަޑު އުފުލާ ޢަމަލީގޮތުން ރަށުގެ ކަންތައްތައް ކުރުމުގެ ރޮގުން ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ
އިބްރާހީމް ދީދީ ނިޔައުވި އިރު ޢުމުރުން 90 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ. ދުނިޔެ ދޫކުރެއްވި އިރު 6 ފިރިހެން ދަރިންނާއި ތިން އަންހެން ދަރިން ދުނިޔޭގައި ތިއްބެވިއެވެ
No comments:
Post a Comment