Tuesday, June 16, 2009

Al Qazi Mohamed Shamsuddin

އަލްގާޒީ މުހައްމަދު ޝަމްސުއްދީނަކީ އައްޑުއަތޮޅު މީދުގެ ބޭކަލެކެވެ. މިކަލޭގެފާނުގެ ނަން ދިވެހިންގެތެރޭގައި ހިގާފައި ވަނީ އައްޑޫ ބޮޑު ފަޑިޔާރު ތަކުރު ފާނު މިނަމުންނެވެ. މިއީ އަލް ޢައްލާމާ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ވާދޫ ދަންނަ ކަލޭގެފާނުގެ އިސްދަރިވަރެކެވެ. މިކަލޭގެފާނުގެ ފަޑިޔާރުކަމުގެ ދުވަސްވަރަކީ އައްސުލްޠާނު އިބްރާހީމް(3) ސިރީ ސުއްދަ ސުވަރުދަ މަހާރަދުން 1585މ އިން 1609 މ އަށް ގެރަސްކަމެވެ އެއީ ދިވެހިންހެ ތެރޭގައި މަޝްހޫރު އިބްރާހީމް ކަލާފާނެވެ

އަލްގާޒީ މުޙައްމަދު ޝަމްސުއްދީނުގެ ބައްޕައަކީ އައްޑު އަތޮޅު މީދޫ ޢަލީ އިބްނި މުހައްމަދެވެ ކިއުނު ބޭކަލެކެވެ. 1609 މ އަހަރު އައްސުލްތާނު އިބްރާހީމް ކަލާފާނު ޝަހީދު ވުމުން އޭނާއަށް އޮތް ފަޑިޔާރުކަން ދޫކޮށް ލައްވައި އޭނާގެ ރަށް އައްޑު އަތޮޅު މީދޫއަށް ދުރުވީއެވެ

އައްސުލްތާނު މުޙައްމަދު ޢިމާދުއްދީން ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުން 1620 މ ން 1648 މ އަށް ގެ ޒަމާނުގައި މިކަލެގެފާނު ފަޑިޔާރުކަން ކުރެއްވިއެވެ. އެފަހަރު މިކަލޭގެފާނު ފަޑިޔާރުކަމުން ވަކިކުރެވުނު ގޮތާއި މެދު "ދިވެހި ތާރީޚް" މިފޮތުގައި ތިރީގައި އެވާގޮތަށް ބަޔާން ވެގެން ވެއެވެ
"މިރަދުންގެ ފަޑިޔާރު ކަމުގައި ހުންނެވި އައްޑޫމީދޫ މުޙައްމަދު ޝަންސުއްދީން ބޮޑު ފަޑިޔާރުކަލޭގެފާނު އެއްދުވަހަކު ކިއުއްވި ޚުޠުބާއެއްގައި ރަސްގެފާނަށް ދުޢާކުރެއްވުމުގައި އެންމެ ކަލިމައެއް ތަޣައްޔަރު ކުރެއްވި ކަމަށްޓަކައި ކޯފާވެގެން އޭނާގެ ތިންދަރިންނާއެކު އޭނާގެރަށަށް އަރުވާ ލެއްވޫއެވެ

ދިވެހިތާރީޚް މިފޮތުގައި ބަޔާން ވެގެންވާ ގޮތުގައި އައްޑޫބޮޑު ފަޑިޔާރު ތަކުރުފާނަށް ފަޑިޔާރުކަން ދެއްވީ އައްސުލްޠާނު ހުސެން ފާމުލަދޭރި ކިލަގެފާނު 1609 މ އިން 1620 މ އަށް ގެ ރަސްކަމުގައެވެ. އަދި ހަމަ މިފޮތުގައި ވަގޮތުން އައްޑޫ ބޮޑު ފަޑިޔާރު ތަކުރުފާނަކީ އައްޑޫ މީދޫ ނާއިބު ހަސަން ތަކުރުފާނުގެ ފުތް ބޮޑު ފަޑިޔާރު ތަކުރުފާނެވެ

އަލްޤާޒީ މުޙައްމަދު ޝަމްސުއްދީންގެ ދަރިކޮޅަކީ ނުހަނު ބޮޑެތި ޢިލްމްވެރިން ތަކެއް އުފެދުނު ދަރިކޮޅެކެވެ. މީނާ ފަސްދާނުލެވިފައިވަނީ އައްޑުއަތޮޅު މީދޫގައެވެ. - މަޢުލޫމާތު ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2 -


No comments:

Post a Comment