Saturday, June 27, 2009

Ibrahim Didi

IBRAHIM DIDI




އިބްރާހީމް ދީދީ ( ޒިޔާރަތްދޮށުގެ އިބްރާހީމް ދީދީ ) އުފަންވީ ގައެވެ. ބައްޕައަކީ ޙަސަން ދީދީގެ ޢަލިދީދީއެވެ މަންމަ އަކީ މަރިޔަމްބީގެ 

ޙައްވައެވެ އަކުރު އުގެނުނީ މީދޫ މަކުތަބުންނެވެ. ގުރުއާން ކިޔަވަން ދަސްކުރީ ބޮޑުއެޅެގޭ މުޙައްމަދު ދީދީ ކާރިންނެވެ

ދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ހުޅުދޫ އަޙްމަދު ރަހާގެ މުޙައްމަދުގެ ގޭގައި މުޙައްމަދާއި އެކު އަތްކަންކުރުމެވެ. މުޙައްމަދު ކާރިން މިމަސައްކަތް ވަރަށް ރަގަޅަށް ދަސްކުރުމަށް ފަހު އިބްރާހީމް ދީދީގެ އަމިއްލަ ގޭގައ

 މިމަސައްކަތް ފެށްޓެވިއެވެ. އަތްކަންކުރުމުގެ ރޮގުން މައިގަޑު ތަކެއްޗެއްގެ ގޮތުގައި ތެލި،ތާސް،ހުޅު،ތަޅު،ތަންޑު، އިސްތިރި އާއި ބަދިގޭގައި ގެންގުޅޭ އުދުޅި،ދަބު،ސަމުސާ، ފަދަ ތަކެތި އުފައްދައެވެ


އަތްކަންކުރުމުގެ އިތުރަށް އިބްރާހީމް ދީދީ އަކީ ތަޖުރިބާކާރު އަތްދަށު ވަޑިއެކެވެ. އަތްދަށު ވަޑިއެއްގެ ގޮތުގައި މަހަސީރު ބޯޓް،ޗިލްކާބޯޓް،ވައިޓަރން،މުޙައްމަދު ފުޅު ބޯޓް،ސައިމާ ބޯޓް،ފެރީ ބޯޓް،އަލްމާ ބޯޓްފަދަ ބޯޓް ފަހަރު ބަނުމުގެ މަސައްކަތް ކޮށްފައި ވެއެވެ


ރާއްޖޭގެ ގައުމީ މަސައްކަތްތެރި ކަމުގެ މަޢުރަޒްތަކަށް އިބްރާހީމް ދީދ ތައްޔާރުކޮށް ފައިވާ އެކިއެކި ތަކެތި އެކިއެކި ފަހަރު ހުށަހަޅާފައި ވެއެވެ

މިހާރު އިބްރާހީމް ދީދީ އަކީ ހަތްދިހަ އަހަރުން މަތީގެ މީހެކެވެ. މިޢުމުރުގައި ވެސް އޭނާއަކީ ވަރަށް ހީވާގި މަސއްކަތް ތެރިއެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް ކަބުރުގޭގައި ހޭދަކުރެއެވެ. އިބްރާހީމް ދީދީ ބުނުއްވާގޮތުގައި ޒުވާން
ދުވަސްވަރު ކުރި މަސައްކަތާއި މިހާރު މިކުރާ މަސއްކަތާއި އަޅާ ބަލާއިރު މިހާރު މިކުރާ މަސައްކަތް އަވަސް ވެފައި ހަށިގަޑަށް މާލުއި ކަމަށް އިހްސާސް ކުރެވެއެވެ. ސަބަބަކީ މިހާރު ގިނަ މަސައްކަތް ކުރަނީ ކަރަންޓް އާލާތުގެ އެހީގައި ކަމަށް ވާތީއެވެ

އިބްރާހީމް ދީދީ އަކީ މީހުންނާއި ގުޅޭ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ޢާންމު ގޮތެއްގައި މަސައްކަތުގެ އަގު ނަގަނީ
ކަސްޓަމަރ އެދޭ ގޮތަކަށެވެ

އިބްރާހީމް ދީދީގެ އަނބިކަބަލުން އާމިނަތުދީދީ ވަނީ މިދުނިޔެ ދޫކުރައްވާފައެވެ. މިދެމަފިރިންގެ ތިބީ ތިން އަންހެން ދަރިންނާއި ފިރިހެން ދަރިއެކެވެ.







.

Sunday, June 21, 2009

Abdullah Bagir


ޢަބްދުﷲ ބާގިރު އުފަންވީ 11 ނޮވެމްބަރ 1931 ގައެވެ. ބައްޕައަކީ އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ ފުތް އަހްމަދު މަނިކުގެ ފުތް  މުޙައްމަދު ފެންނާ މަނިކުފާނު ( ދެށެނާގެ މުޙައްމަދު ދީދީ ) އެވެ. މަންމަ އަކީ އެޅެގޭ އާމިނަތު ދީދީ އެވެ.

ބާގިރު ތަޢުލީމް ޙާސިލްކުރީ މަދުރަސަތުލް މަޖީދިއްޔާ އިންނެވެ. ކިޔެވުން ނިންމުމަށް ފަހު ސ.މީދޫ މަދުރަސަތުލް ހިދާ ގެ ފިރިހެން ކުދީންގެ ގޮފީގެ ނާޒިރުކަން ކުރެއްވިއެވެ. އަދި އައްޑު އަތޮޅު އަތޮޅު ކޮމިޓީގެ މެމްބަރު ކަމާއި އެކޮމިޓީގެ ސެކްރެޓަރީކަން ކުރެއްވިއެވެ. ކޮންމެވެސް ވަރަކަށް ވިޔަފާރި ކުރެއްވިއެވެ. އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު ނަފީ( ނޭވީއާރމީއެއަރފޯރސް އިންސްޓިޓިޔުޓް ) ޝޮޕުން ވިޔަފާރި ކުރުމުގެ ޓްރޭޑް ލައިސަންސް ލިބިފައިވާ މަދު މީސްކޮޅުގެތެރޭގައި ބާގިރު ހިމެނެއެވެ.

މާލެ ވަޑައިގެން ޒަހަބިއްޔާ ސްކޫލްގެ ނަމުގައި ސްކޫލެއް ރަޖިސްޓްރީކުރީ މީދޫގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ޙާސިލްކޮށްދިނުމުގެ ފޮނި އުއްމީދެއްގައެވެ. ސްކޫލް ރަޖިސްޓްރީ ކުރުމަށް ފަހު މާލޭގެ އަމިއްލަ ސްކޫލްތައް ހިންގާ ގޮތް ވަރަށް ރަގަޅަށް ދަސްކުރުމަށް ފަހު ޔުނައިޓެޑް ސްވަދީބް ނިމުނުތަނާހެން ބަންދުކުރެވިފައިވާ މީދޫ ރައްޔިތުންގެ މަދުރަސާގެ ޢިމަރާތުގައި ޒަހަބިއްޔާ ސްކޫލްގެ ނަމުގައި ކިޔަވައި ދެއްވަން ފެށްޓެވިއެވެ. އިގިރޭސި އާއި ދިވެހި ކިޔަވައި ދިނުމަށް ޓަކައި މާލެއިން ދެ ޓީޗަރުން ގެންނެވިއެވެ. ވޮލެންޓިއަރެއްގެ ގޮތުގައި އަޙްމަދު ރާޒީ (ޑރ ރާޒީ ) އިގިރޭސި އާއި ހިސާބު ކިޔަވައި ދެއްވިއެވެ. އަދި އިސްދަރިވަރުންނަށް އާރޓްސް ކިޔަވައި ދެއްވުމަށްޓަކައި ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު ވެސް ޒަހަބިއްޔާ ސްކޫލަށް ގެންނެވިއެވެ. މީގެ އިތުރަށް އިގިރޭސި ކިޔަވައި ދިނުމަށް ޓަކައި ސްރީލަންކާގެ ބޭކަލެއް ކަމުގައިވާ މިސްޓަރ ކޭ.ނާގަލިމްގަމް ކިޔާ މީހަކު ގެނެސްގެން ޔުނިފޯމް ކްލާހާއި ޚާއްސަ ކުލާހުގައި ކިޔަވާ ދެއްވިއެވެ.
ދަރިވަރުންގެ ޢާންމު މަޢުލޫމާތާއި ދިވެހިބަސް ކުރިއެރުވުމަށްޓަކައި އެދުވަސް ވަރު ރާއްޖޭގައި ނިކުތް އެންމެ ރަގަޅު ދިވެހި ނޫސް ވިޔަފާރި މިއަދު އަށް އިޝްތިރާކު ދެއްވައިގެން ގެނެސް ދަރިވަރުންނަށް ފަސޭހައިން ލިބޭނެ ގޮތް އިންތިޒާމް ކުރެއްވިއެވެ

ބާގިރުގެ އުއްމީދު ފުރިހަމަ ނުވަނީސް މީދޫގެ ދަރިންނަށްޓަކައި އޭނާރޯކޮށްލި ދަންމަރުގެ އަލި ފަނޑުކޮށްލުމުގައި އޭރު މީދޫކަތީބަކަށްހުންނެވި ބާގިރުގެ ބަފާފުށުގެ ބޮޑުބޭބޭ ޢަބްދުﷲ ނާފިޒް ވެރިކަމުގެ ނުފޫޒު ފޯރުވައިގެން ރައްޔިތުންގެ ޢިމާރާތުން ބާގިރު ނެރެލިއެވެ. މީގެ ސަބަބުން ބާގިރުގެ އަޒުމް ވަރުގަދަވެ ވަރަށްގިނަ ބައެއްގެ މަސައްކަތުން މީދޫ ފްލާވަރމީޑް( ބާގިރުގެ ގޯތި ) ގައި ދަނޑިފަނުން ޢިމާރާތެއް ކޮށް އެޢިމާރާތަށް ކިޔެވުން ބަދަލުކުރިއެވެ. މިޢިމާރާތުގައި ކިޔަވައިދޭތާ ދުވަސްކޮޅެއް ވީތަނާ ވެރިކަމުގެ ފަރާތުން ދަންމަރު ނިއްވާލިއެވެ

ބާގިރަކީ ރައްޔިތުންގެ ޚާއްސަމަޖުލިހުގެ އައްޑު އަތޮޅު ގޮޑި ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރަށް މަޖީދިއްޔާ އަމީނިއްޔާ އިސްކަންދަރު އީޕީއެސްއެސް ސަދަން ސެކަންޑަރީ ސްކޫލް އާއި ކ.މާފުށީގައި ހުރި ކުޑަކުދީންގެ އިސްލާޙިއްޔާގެ ޓީޗަރުކަން ކުރައްވާފައިވެއެވެ

ރަށުގެ ތަރަށްގީއަށްޓަކައި ބާގިރަކީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭކަލެކެވެ. މިގޮތުން ކްލަބު ޖަމްޢިއްޔާ ފަދަ ތަންތަނުގެ މުސްތަޝާރެއްގެ ގޮތުން މަސައްކަތްކޮށްފައި ވެއެވެ. އަންހެނުންގެ ތަރައްގީ އާއި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުވެރި އަންހެނުންގެ ގުޅުމުގެ ނަމުގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށް އެޖަމްޢިއްޔާގެ ދަށުން ފެހުމާއި މާޖަހަން ދަސްކޮށް ދިނުމާއި ކެއްކުމާއި ކުދީން ތަރުބިއްޔަތުކުރަން ދަސްކޮށްދީފައިވެއެވެ. މާޖެހުމުގެ ކަންތައް ދަސްކުރި ކަބަލުންގެ ތެރޭ ވަފިއްޔާ އިބްރާހީމް ދީދީ އާއި ފާތުމަތު މޫސާ އާއި ޢާބިދާ އަކީ އެންމެ ރަގަޅަށް އެމަސައްކަތް ކުރި މީހުންނެވެ.

ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކުރުމަށް ކުދީންނަށް ހިތްވަރު ދީފައިވެއެވެ. މީގެ ނަތީޖާ އެއްގެ ގޮތުން މީދޫގައި ތިއްބެވި އެންމެ އަތުލިޔުން ރީތި މީހުންގެ ތެރޭގައި އޭނާގެ ތިން ދަރިވަރުން ކަމުގައިވާ ޢަލީ މުމްތާޒު އާއި އިބްރާހީމް ޙަމްދީ އާއި ނިސްރީނު ޢަލީ ހިމެނެއެވެ.
 ބާގިރަކީ ކުޅަދާނަ ދިވެހި ބެސްވެރިއެކެވެ، ބޭސްވެރިކަމުގެ ރޮގުން ރާއްޖޭގެ އެކިއެކި ސަރަހައްދު ތަކުގައި މީހުންނަށް ޚިދުމަތްކޮށް ދީފައިވެއެވެ.

ސާސްކަފު ފާހަގަ ކުރުމުގެ ގޮތުން 31 ޑިސެމްބަރ 1999 ދުވަހުގެރޭ ކުޑަކުދީންގެ ޕާކްގައި ބެއްވުނު ބޮޑު ހަފްލާގެ އައިޓަމް ތަކުގެ ތެރެއިން ފާހަގަކޮށް ލެވުނު އެންމެ މުހިންމު އައިޓަމަކީ ސާސްކަފުގެ ޝަޚްސިއްޔަތު ހޮވުމެވެ. އެޝަރަފް ލިބުނީ ޢަބްދުﷲ ބާގިރަށެވެ. ބާގިރަކީ މީދޫގެ މިޒަމާނުތަޢުލީމްގެ ބާނީއެވެ. ބާގިރުގެ އިސްދަރިވަރުން ބާގިރަށްޓަކައި ފަޚްރުވެރި ވެއެވެ

ބާގިރު ނިޔާވީ ތިރީސް އޮކްޓޯބަރ ނަވާރަސަތޭކަ ބަޔާނަވައި ގައެވެ. ނިޔައުވީއިރު ހަތަރު އަންހެން ދަރިންނާއި ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވިއެވެ

މާތްﷲ މަރުޙޫމުގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން