![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiA76tylNLoJgCewj0ej0ePAPyNo1hehFdjYBLo-kNTdOEV9cJr64ARG9B5Bf2QRhNKXMMtk7WEIyINku6hiRS6SbIS0xRz06e6f69RYULI5ygiiMOujiKlf5PQvq_5SO3mmiCOQd8F7Fs/s320/18.jpg)
KUDHU ALI DIDI
ކުދު ޢަލިދީ ( ދިލްކްޝާގެ ) އުފަންވީ ގައެވެ.
މަންމައަކީ ކަޅިހާރު ސިއްތީފާނުންގެ ކުދު ފާތުމަތު ދީދީ އެވެ. ބައްޕައކީ ގަޑުވަރިކައްދާއްދީގެ ޢަލިދީދީގެ
އިބްރާހީމް ދީދީ ( ކުބެއްޔާގެ އިބްރާހީމް ދީދީ ) އެވެ.
ކުދު ޢަލި ދީދީ އަކީ މޮޅު ކެޔޮޅެކެވެ. މަސްހިއްކައިގެން
އެމަސް ވިއްކުމަށްޓަކައި އެދުވަސްވަރު އޮޑިފަހަރުގައި އެތައް ފަހަރަކު ސިލޯނަށް
ދަތުރުކޮށް ފައި ވެއެވެ. ޢަލިދީދީ ގިނަ ދުވަސް ތަކެއް ވަންދެން ސަރުކާރުގެ ވަޒީފާ
އަދާކޮށްފައި ވެއެވެ. މިގޮތުން ރަށު އޮފީހުގެ ދޭވާނި ކަމާއި މަސއްކަތު މީހެއްގެ
ވަޒީފާ އާއި ޕިޔޯނެއްގެ ވަޒީފާ އަދާ ކުރިއެވެ.
އަލިދީދީ މަސައްކަތް ކޮށްފައި ވަނީ ފެންނާ މަނިކުފާނާއި ދެށެނާގެ
އިބްރާހީމް ދީދީ އާއި ނާފިޒުގެ ވެރި ކަމުގައެވެ.
ޢަލިދީ ކުރި މަސައްކަތްތަކުގެ ތެރެއިން އެދުވަސްވަރު
ރައްޔިތުންނަށް އަންގަން ޖެހޭ އެކިއެކި އެންގުންތައް އެންގުމަށާއި ރައްޔިތުން
އޮފީސް ( ކާޑުގެ ) ދޮށަށް އެއްކުރުމަށްޓަކައި ބޮއި ގަޑު ޖެހުން ފާހަގަ
ކޮށްލެވެއެވެ. ހުކުރު ވަގުތު އަންގަން ބޮއި ޖަހަނީ އެގާރަ ފަހަރެވެ. ރަމަޒާން މަހުގެ ރޯދަ ވީއްލާ ގަޑި
އެންގުމަށްޓަކައި ބޮއިޖަހަނީ 6 ފަހަރެވެ.
ދެ ޖިންސްގެ ރައްޔިތުން ޙާޒިރު ކުރުމަށް ޖަހަނީ ފަހަރުގެ
ބޮއެވެ. އަންހެނުން އެއްކުރުމަށް ޖަހަނީ ބޮއެވެ.
ފިރިހެނުން އެއްކުރުމަށް ޖަހަނީ
ފަހަރުގެ ބޮއެވެ.
ޢަލިދީ ކުންނިއަރު މަރިޔަމް ދީދީ އާއި ކައިވެނިކޮށް ގެން
ލިބިފައި ވަނީ އާމިނަތު ދީދީ ( ޔާގޫތުގެ ) އެވެ.
ފަންނިއަރު ފާތުމަތު ދީދީ އާއި ކައިވެނިކޮށްގެން ނަޖުމާ ޢަލިދީދީ އާއި
އަހްމދު ޖަލީލު އާއި ޢަބްދުﷲ ޢަލީ ލިބިފައިވެއެވެ. އާމިން ކާލޯ އާއި ކައިވެނި ކޮށްގެން
ލިބިފައިވަނީ ހަސީނާ އާއި ޢާއިޝަތު ޢަލި ދީދީ އާއި ޝީލާ ޢަލީ އެވެ.
ޢަލިދީދީ ނިޔައުވީ ގައެވެ.
ވަޅުލެވިފައި ވަނީ ކޯގަންނު ގަބުރުސްތާނުގައެވެ.
.
.
No comments:
Post a Comment