ALI SOBREE
ސ.މީދޫ ވާދޫގޭ ޢަލީ ސަބްރީ އުފަންވީ ގައެވެ.
މަންމައަކީ ޝެއިޚް ހާޖީ ޢަބްދުއް ރަހްމާނުގެ ފާތުމަތު ދީދީގެ ދަލޭކާ ދީދީ އެވެ.
ބައްޕައަކި މީދޫއަށް ހިޖުރަކުރި ފޯއްމަލުގެ ބޭކަލެއް
ކަމުގައިވާ ވާދޫގޭ މޫސާ ތައްޚާނެވެ.
ސޮބްރީ ތަޢުލީމް ޙާސިލްކުރީ ހިދާޔާ ސްކޫލުން ނެވެ.
ސޮބްރީ އަކީ މެކެނިކަލް / އެލެކްޓްރިކަލް އެންޖިނޭރެކެވެ. މަސައްކަތް ކޮށްފައި ވަނީ ސަފާރީ ޓްއާރސް އިން
ހިންގި ބޮޑުހިތި ރިސޯރޓާއި އިޓަލީގެ ފްރޮންކޯރޯސޯ އިން ހިންގި އަތުރުގާ
ރިސޯރޓްގައެވެ.
ސޮބްރީ އަކީ މޮޅު ވޮލީ ކުޅުންތެރި އެކެވެ. 1990 އަހަރު
ތަކުގައި އައްޑު އަތޮޅުގައި ބޭއްވި އަތޮޅު ވޮލީ މުބާރާތުން މީދޫ ޓީމް އެތައް ފަހަރަކު
ޗެމްޕިއަންކަން ހޯދިހޯދުމުގައި ސޮބްރީގެ ހިއްސާ ވަރަށް ބޮޑެވެ.
ސޮބްރީ ނިޔައުވީ ގައެވެ. ރިސޯރޓްގައި ވޮލީކުޅެން ހުއްޓާ ވެއްޓިގެން
ކްލިނިކަށް ގެންދިޔައިރު ވަނީ މަރުވެފައެވެ. ހިތުގެ މައްސަލައެއްގައި ބައިޕާސް ސާޖަރީ
އެއްވަނީ ހަދާފައެވެ. ވުމާއި އެކު
ލަފާކުރެވެނީ ހާރޓްއެޓޭކެއް ޖެހިގެން މަރުވީ ކަމަށެވެ. ވަޅުލެވިފައިވަނީ މާލޭ އާސަހަރާ ގައެވެ.
ސޮބްރީގެ އަބިކަބަލަކީ އެޅެގޭ މުހައްމަދު މަޖީދުގެ
ރަފިއްޔާ މަޖީދެވެ. ދުނިޔެ ދޫކުރެއްވި
އިރު އަންބަކާއި އަންހެން ދަރި އަކާއި ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވެ.
.
No comments:
Post a Comment