MOHAMED MANIKUFAANU
ގަޑުވަރި މުހައްމަދު މަނިކުފާނު އުފަންވީ ގައެވެ.
މަންމައަކީ ގަޑުވަރި އެޅަމަނިކުފާނުގެ ދޮންމަނިކަގެ މަރިޔަމް މަނިކުފާނެވެ.
ބައްޕަ އަކީ ގަޑުވަރި ޒަކަރިއްޔާ މަނިކުފާނުންގެ ހުސެން މަނިކުފާނެވެ.
މުޙައްމަދު މަނިކުފާނު ދިރިއުޅުމަށްޓަކައި ކުރި މައިގަޑު މަސައްކަތަކީ
މަސްވެރިކަމާއި ދަޑުވެރި ކަމެވެ. މަސްވެރި
ކަމުގެ ރޮގުން މުޙައްމަދު މަނިކުފާނަކީ މަޝްހޫރު މާކެޔޮޅެކެވެ. ދިގިމަސް
ކެޔޮޅެކެވެ. ދަޑުވެރިކަމުގެ ރޮގުން މައިގަޑު ގޮތެއްގައި ހެއްދީ އޮޅު އަލައެވެ.
މުހައްމަދު ފުރަތަމަ ކައިވެނި ކުރީ ރެކިމަނިކާގެ އާމިން ދިޔަ އާއެވެ. ދެވަނަ އަށް ކައިވެނިކުރީ ބޮޑައްބީގެ ފާތުމާ
މަނިކުފާނު އާއެވެ. މިބަޑުން މުހައްމަދު މަނިކުފާނަށް ލިބިފައިވާ އަންހެން
ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ. އެއީ
ބޮޑައްބީގެ މަރިޔަމް މަނިކުފާނެވެ. ތިންވަނައަށް
ކައިވެނިކުރީ ފަންނިއރު ފާތުމަތު ދީދީ އާއެވެ.
މިބަޑުން ލިބުނު ދަރިންނަކީ ފަންނިއަރު އިބްރާހީމް ޝިހާބު ( ސިންދު/މީދޫ )
ފަންނިއަރު އާމިނަތު ދީދީ (ނާދީ / މީދޫ ) ފަންނިއަރު ހަސަން ދީދީ އެވެ.
މުޙައްމަދު މަނިކުފާނަކީ ވެސް މީދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް
ކޮށްދެއްވާ ފައިވާ ބޭކަލެކެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ޚިދުމަތަކީ 1960 ގެ
އަހަރުތަކުގައި މީދޫ ގައި އެޅި ގައު ފާލަން އެޅުމުގައި އޭނާގެ މަސައްކަތާއި
އެހީތެރިކަމެވެ.
މުހައްމަދު މަނިކުފާނު ނިޔާވީ ގައެވެ. ވަޅުލެވިފައިވަނީ މާލޭ އާސަހަރާ
މިސްކިތުގައެވެ.
No comments:
Post a Comment