Tuesday, June 16, 2009

Al Qazi Ibrahim Bahaauddin

އަލްޤާޒީ އިބްރާހީމް ބަހާއުއްދީން ފަޑިޔަރުކަން ކުރެއްވީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) ގެ ރަސްކަމުގައެވެ. އެރަދުން ފުރައުއްތަ ވީއިރު ޤާޒީއެއްގެ މަޤާމުގައި ހުންނެވީ އެމަނިކުފާނެވެ

ތޭރަސަތޭކަ ހަތަރެއް ވަނައަހަރު ޖުމާދަލް އައްވަލު މަހުގެ ނަވާރަ ވަނަ ދުވަހު އައްސުލްޠާނު އިބްރާހީމް ނޫރުއްދީނުގެ އަމުރު ފުޅަށް އެރަދުން ދިވެހި ރާއްޖޭގެ ތަޚްތު ދޫކޮށްލައްވައި އައްސުލްޠާނު މުޙައްމަދު މުޢީނުއްދީން ރަސްކަމަށް އިސްވެ ވަޑައިގެންކަން ގަވަރނަރު އޭއެޗް ގޯޑްން އަށް އަންގަވަން ލިއުއްވި ސިޓީ ފުޅުގައި މިބަދަލު ހިންގެވީ އަލްޤާޒީ އިސްމާޢީލް ބަހާއުއްދީން ހެކިކޮށްކަމުގައި ލިއުއްވައެވެ. އަލްޤާޒީ އިސްމާޢީލް ބަހާއުއްދީނަށް އިސްމާޢީމް މަނިކު މިފަދައިން ބައެއްލިޔުމުގައި ބަޔާން ވެގެން ވެއެވެ. މިކަލޭގެފާނު ފަޑިޔާރު ކަން ދޫކުރައްވައި އައްޑުއަށް ދުރުވީ އެވެނިޔައުވީ އެތާގައެވެ- މަޢުލޫމާތު ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2

Al Qazi Moosa Baduruddin

އަލްޤާޒީ މުސާ ބަދުރުއްދީނަކި އައްޑު އަތޮޅު މީދޫ އަލްޚަޠީބު ހުސެންގެ ދަރިކަލުންނެވެ. މިޚަޠީބު ހުސެން އަކީ އަލްޤާޒީ މުޙައްމަދުލް ކަބީރުގެ ދަރިކޮޅުގެ ބޭކަލެކެވެ. މީނާ ފަޑިޔާރުކަން ކުރެއްވީ ދެ އަހަރެވެ. ފަޑިޔާރުކަން ކުރެއްވީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ ) އާދެ މަޝްހޫރު މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ދުވަސް ވަރުއެވެ. އެއީ ( 1835 މ އިން 1882 މ އަށް )

ފަޑިޔާރުކަމުން ވަކިވެލެއްވުމަށް ފަހު އޭނާގެ އަމިއްލަ ރަށްކަމުގައިވާ އައްޑު އަތޮޅު މީދޫ އަށް ދަތުރުކުރެއްވިއެވެ. އެތާގައި އޭނާ ނިޔައުވީ ބާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ތެރޭގައެވެ
އަލްޤާޒީ މޫސާ ބަދުރުއްދީނަކީ މުޙައްމަދު މުޙިއްބުއްދީން ފަޑިޔާރު މަނިކުފާނު ބަންގާޅަށް ދުރުވުމަށް ފުރުއްވީއްސުރެ ކަކާގޭ ޢަލީ
ރަންނަބަޑޭރި ކިލެގެފާނު އަވަހާރަވަންދެން ހިގި ބައެއްކަންތައް ޢަރަބި ބަހުން ފޮތެއްގެ ސިފައިގައި ލިއުއްވި ކަލޭގެފާނެވެ- މަޢުލޫމާތު ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2 -