Saturday, April 8, 2017

ALHAFIZ ABDUL RAHMAN 


ޢަބްދުއް ރަޙްމާނު ކޮތަންގެ ( ރުއްގަޑިގޭ ޢަބްދުއް ރަޙްމާނު ) 

އުފަންވީ                                       ގައެވެ. މަންމަ އަކީ މެދެދިޔަގެ އެޅަކާލޯގެ 

ޚަދީޖާ ( ކަދީދަ ) އެވެ. ބައްޕަ އަކީ 

ތުއްބީގެ ޢަލި ތައްކާނުގެ ކުންނިއަރު ހަސަން ތައްކާނުގެ މުހައްމަދު ތައްކާނު އެވެ.

ޢަބްދުއް ރަޙްމާން ދިރިއުޅުމަށްޓަކައި ކުރި މައިގަޑު މަސައްކަތަކީ ވަޑާން ކުރުމެވެ. މިރޮގުން ވަޑިއެއްގެ ގޮތުގައި 

އެތައް ދޯންޏަކާއި އެތައް ބޯޓެއް ބަދެފައިވެއެވެ.

ފަޑިޔާރު ކަލޭގެ ފާނު މިސްކިތުގައި މުދިމެއްގެ ގޮތުން ގިނަ އަހަރުތަކަކަށް މަސައްކަތް ކުރިއެވެ.

ޢަބްދުއް ރަޙްމާން ވަނީ މާލެ ގޮސް ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާގައި ޤުރުއާން ހިތު ދަހަށް ކިޔާ ޙާފިޒް 

ކަމުގެ ސަނަދު ޙާސިލްކޮށް ފައެވެ. މިކަމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލް 

ޤައްޔޫމް ޢަބްދުއް ރަޙްމާނުގެ އެދުމުގެ  މަތިން ޙައްޖު ދަތުރެއް ދެއްވިއެވެ. އެ ޙައްޖު ދަތުރު ޢަބްދުއް ރަޙްމާނު 

ވަނީ ފުރިހަމަ ކުރައްވާ ފައެވެ.

ޢަބްދުއް ރަޙްމާނުގެ އަލްމަރުޙޫމް މުހައްމަދު ތައްޚާނަކީ މާވަޑި އެކެވެ. މީނާގެ މާވަޑި ކަމުގައި ގިނަ ޢަދަދެއްގެ 

ބޯޓާއި ދޯނިފަހަރު ބަދެފައި ވެއެވެ. ޙަސަން ތައްޚާނު އާއި ޢަލި ތައްޚާނު އަކީ ވެސް ދެވަޑިންނެވެ. ވަސީފާ އާއި 

ޝަބާނާ މަސައްކަތް ކުރަނީ ތަޢުލީމީ ދާއިރާގައެވެ.





.

Friday, April 7, 2017

IBRAHIM HUSSAIN






އިބްރާހީމް ހުސެއިން ހަނދުވަރުމަތީގެ ( ސިއްތިޔަގެ އިބިރާ ) އުފަންވީ                                            ގައެވެ. މަންމައަކީ                  އެވެ. ބައްޕަ އަކީ ސިއްތިޔަގެ ( ރޯނުގެ ) ހަސަން އެވެ.

ދިރިއުޅުމަށްޓަކައި ކުރި މަސައްކަތްތަކަކީ މަސްވެރިކަމާއި ދަޑުވެރި ކަމެވެ. އަމިއްލަ ދޯންޏެއްގައި މާކެޔޮޅެއްގެ ގޮތުގައި މަހައްފުރާފައިވެއެވެ. ކަޅުބިލަ މަހުގެ ކެޔޮޅެއްގެ އިތުރަށް އިބްރާހީމް ހުސެން އަކީ ދިގުމަސް ކެޔޮޅެކެވެ. ދަޑުވެރިކަމުގެ ރޮގުން ކަރާ ބަރަބޯ ޒުވާރި ކައްޓެލަ އޮޅުއަލަ ހައްދާފައިވެއެވެ.

އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު ގަމުގައި ވަޒީފާ އަދާކުރިއެވެ. މީގެ އިތުރަށް  ކްލަބް މެޑް ރިސޯރޓް އާއި ހުޅުދޫމީދޫ އިންޖީނުގެ އާއި މީދޫ އޮފީހުގައި މަސައްކަތް ކޮށް ފައި ވެއެވެ.

އިބްރާހީމް ހުސެން އަކީ ފުޓްބޯޅަ ކުޅުން ތެރިއެކެވެ. މަންޑިކުޅުން ތެރިއެކެވެ. ބައިބަލާ ކުޅުން ތެރިއެކެވެ. މީގެ އިތުރަށް މަޝްހޫރު ދިގުދުވުން ތެރިއެކެވެ. މާލޭގައި ބޭއްވޭ ރާއްޖޭގެ ދުވުމުގެ މުބާރާތުން އިބްރާހީމް ހުސެންގެ ޓީމް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންކަން ހޯދިއެވެ. މިޓީމްގައި ހިމެނޭ ދުވުން ތެރިންނަކީ އިބްރާހިމް ހުސެން އާއި އޭނާގެ ކޮއްކޮ އަލްމަރުހޫމް ސިއްތިޔަގެ ހުސެން އާއި ފޭދު މަގިގޭ ޢަބްދުﷲ ޒާހިރާއި މަރަދޫ މަންސޫރު އާއި

އިގިރޭސިން ގަމުގައި ތިބި އިރު  ޑިޕާރޓްމެންޓް ތަކުގެ މެދުގައި ބޭއްވުނު ރޭހުގައި ބައިވެރިވެ އިބްރާހީމް ހުސެން އަށް އެއްވަނަ ލިބިފައިވެއެވެ.

އިބްރާހީމް ހުސެން އަކީ މިހާރު އޭނާގެ އުމުރުން 80 އަހަރުވެފައިވާ މީހެކެވެ. ކުޅިވަރަށް މިހާރުވެސް ސަމާލުކަން ދެއެވެ. ކުޅިވަރުން ރިޓަޔާރ ވެފައި ހުރި ނަމަވެސް އަތޮޅު ފެންވަރުގަޔާއި ރަށު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތް ބެލުމަށް ދިޔުމަކީ އޭނާ ވަރަށް ބޮޑަށް ޝައުގު ވެރިކަން ބަހައްޓާ ކަމެކެވެ. އިބްރާހީމް ހުސެންގެ އަންހެން ދަރިންނަކީ ވެސް ކުޅިވަރުގެ ރޮގުން އަތޮޅާއި ރަށުން ފާހަގަ ކޮށްލެވޭ ދަރިންނެވެ. މިމީހުން ކުޅޭ ކުޅިވަރު ތެރޭ ފުޓްސަލް ވޮލީ ބަށި ހިމެނޭ އިރު މިކުޅިވަރު ތަކަށް އިބުރާހީމް ގެ ހިތްވަރާއި އެއްބާރު ލުން ވަރަށް ބޮޑަށް ދެމުންދާ ކަން ފާހަގަކުރެވެއެވެ.