Wednesday, April 5, 2017


ABDULLA HALEEM




ޢަބްދުﷲ ޙަލީމް މީނާރު ސ.މީދޫ ( ބަންޑާރަދަޑިގޭ ޙަލީމް  ) އުފަންވީ 10 

އޯގަސްޓް 1947 ގައެވެ.

މަންމައަކީ އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ .......................................................................

ޢާއިޝަތު ދީދީ ( އެދުރުގޭ އައިސާ ދީދީ ) އެވެ. ބައްޕަ އަކީ ހަސަންކާރި 

ޢަލި 
ދީދީގެ މުހައްމަދު ދީދީ ( ބަޑާރަދަޑިގޭ މުހައްމަދު ދީދީ ) އެވެ.


ތަޢުލީމް ޙާސިލްކުރީ މަދަރުސަތުލް ހިދާޔާ އިންނާއި މާލޭ ޢާލިޔާ ސްކޫލުންނެވެ. ކާތިބު ކަމުގެ ސަނަދު ނެގުމަށް 


ފަހު މާލޭ ރަޖިސްޓްރީ އޮފީހުގައި ކާތިބެއްގެ ވަޒީފާ އަދާކޮށްފައި ވެއެވެ. އެއިގެ ފަހުން ސެކްރެޓަރީ ކަމުގެ ސަނަދު 

ނެގުމަށް ފަހު އައްޑު އަތޮޅު އަތޮޅު އޮފީހުގެ ސެކްރެޓަރީ ކަމާއި މާލޭ އެއަރޕޯރޓްސް އޮތޯރިޓީގެ ސެކްރެޓަރީ ކަމާއި 

އެއާރޕޯރޓްސް އޯތޯރިޓީ ސ. ގަމުގެ ސެކްރެޓަރީ ކަން ކުރައްވާ ފައި ވެއެވެ. ޙަލީމް އެންމެ ފަހުން އަދާކޮށްފައިވާ 

ވަޒީފާ އަކީ ސ.އަތޮޅު މަދަރުސާގެ އެޑްމިން އޮފިސަރެއްގެ ވަޒީފާ އެވެ.

ޙަލީމް ނިޔާވީ 9 ޑިސެމްބަރ 2004 ގައެވެ. ވަޅުލެވިފައިވަނީ މާލޭ އާސަހަރާގައެވެ.

ޙަލީމް ނިޔައުވީ އިރު އަނބިކަބަލަކާއި އަންހެން ދަރި އަކާއި 4 ފިރިހެން ދަރިން ދުނިޔޭގައި ތިއްބެވެ. ހަލީމްގެ 

އަބިކަބަލަކީ ސ.ހުޅުދޫ އެޅެހިށިގޭ ޢަބްދުލް މުހްސިންގެ ސާމިޔާ ޢަބްދުލް މުހުސިނެވެ.


ޙަލީމްގެ ހުރިހާ ދަރިންނަކީވެސް ތަޢުލީމީރޮގުން ފުންނާބު އުސްދަރިންނެވެ. މިގޮތުން ދޮށީ ފިރިހެންދަރި ފުޅު 

ޑޮކްޓަރ ސަމާ ޙަލީމަކީ ހޭނައްތާ ޑޮކްޓަރެކެވެ. އަންހެން ދަރި ފުޅު ވަފާ ޙަލީމަކީ ނަރުހެކެވެ. ދެވަނަ ފިރިހެން ދަރި 
ފުޅު  ސިވާ ހަލީމަކީ އައިލޭން އޭވިއޭޝަން އިސްމަޤާމެއް ފުރުއްވަމުން އަންނަ ބޭފުޅެކެވެ، ތިންވަނަ ފިރިހެން 

ދަރިފުޅު ސިލްމް ޙަލީމަކީ ފްލއިޓް އެންޖިނޭރެކެވެ. އެންމެ ހަގު ދަރިފުޅު ސާމިހް ޙަލީމް މިހާރު އަންނަނީ ޕައިލޮޓް 

ކޯސް ހަދަމުންނެވެ.                                                            
MARIYAM DHIYA



ހަސަންބެޔާގެ މަރިޔަމް ދިޔަ ( ލިލީގެ ) އުފަންވީ 6 މެއި 1914 ގައެވެ. މަންމައަކީ ...................................................އެވެ. ބައްޕައަކީ .......................................................................................................................................................................................
މަރިޔަމް ދިޔަ އަކީ މީދޫކޮމިޔުނިޓީ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭކަބެލެކެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތް ތަކުގެ ތެރޭ ގައި ފޫޅުމައި ކަމާއި ދިވެހިބޭސް ކުރުން ހިމެނެއެވެ. ފޫޅުމައި ކަން ދަސްކުރީ ހައްވާ ރަނިޔަގެ އައިސާފާނު ( ހައްވާ ރަނިޔަގެ ދައްތާ ) އަރިހުންނެވެ. މާލެ ގޮސް ފޫޅުމައި ކަމުގެ ސަނަދު ނަގާފައިވެއެވެ.
މަރިޔަމް ދިޔަގެ ފިރިމީހާ އަކީ އެޅެބެޔާގެ މުޙައްމަދު ފުތާ( ނުވަތަ ހަސަން ބެޔާގެ ކުދު ބެއްޔާ ) އެވެ. މިމީހުންނަކީ އެދުވަސް ވަރު މީދޫގައި ތިބި ތަނަވަސް ކަމުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ.

މައިޔަމް ދިޔަ ނިޔައުވީ 6 ފެބްރުއަރީ 1998 ގައެވެ. ވަޅުލެވިފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ. މަރިޔަމް 
ދިޔަގެ ފިރިމީހާ މުހައްމަދު ފުތާ ވަނީ 1980 ގެ ތެރޭ އިސްމެހެލާ ހެރަ އިން މީދޫ އަށް އައި މަގުމަތީ ގައި ދިޔަވަރު ބޮޑުކަމުން އިސްކޮޅު ނުޖެހިގެން ގެބި މަރު ވެފައެވެ.

މަރިޔަމް ދިޔަ ނިޔާވިއިރު ދުނިޔޭގައި ތިބި އޭނާގެ ދަރިން ނަކީ ސައިގޭ އިބްރާހީމް ޝާކިރު ( ސައިގޭ ދޮންބެއްޔާ ) ޢަލީ މުހައްމަދު ( ހަސަންބެޔާގެ އައްލޫ /ހާޖަރާގެ ) ޢަބްދުﷲ ޒުބައިރު ( ހަސަންބެޔާގެ ޢަބްދުﷲ )
ޢަބްދުލް ހަކީމް ( ހަސަން ބެޔާގެ ހަކީމް / ލިލީގެ ) އެވެ.