Wednesday, April 5, 2017


ALI   MUSTHAFA


ޢަލީ މުސްތަފާ ( އެޅެބެއްޔާގެ ތުއްތު ދީދީ ) ގޯލްޑަން ވިލާ ސ.މީދޫ އުފަންވީ 12 ނޮވެމްބަރ 1926 ގައެވެ.
 މަންމައަކީ އަލަދަޑިގޭ މޫސާމަނިކުގެ އާމިނަތު ދީދީ އެވެ. ބައްޕައަކީ އެޅެދީދީގެ މުހައްމަދު ދީދީ އެވެ.
ދިރި އުޅުމަށްޓަކައި ކުރި މަސައްކަތްތަކަކީ ރަނާއި ރިހިން ގަހަނާ ހެދުމާއި އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެތަނުގެ މަސައްކަތް ކުރުމާއި މިސްކިތު މުދިމް ކަމެވެ.
ޢަލީ މުސްތަފާ އާމިނަތު ވަރުދާ އާއި ކައިވެނި ބައްލަވައިގެން ފިރިހެން ދަރިއަކު ލިބިފައިވެއެވެ. އެއީ ނުޢުމާނު ޢަލީއެވެ.
އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ ފުތް ދެށެނާގެ އަޙްމަދު މަނިކުގެ ދޮންދީދީގެ މަހުދިއްޔާ ޒަކީގެ ބަޑުން ލިބުނު ދަރިންގެ ތެރޭގައި މިހާރު ދުނިޔޭގައި ތިބީ ޖަވާޒާ އާއި މުނައްވަރު އާއި މަރިޔަމް ދީދީ އާއި ނަހުލާ އެވެ
.
ޢަލީ މުސްތަފާ ނިޔާވީ 25 ޖަނަވަރީ 2002 ގައެވެ. ވަޅުލެވިފައިވަނީ ކޯގަންނު ގަބުރުސްތާނުގައެވެ                   

Friday, March 31, 2017


MARIYAM KHAREEDA

މަރިޔަމް ޚަރީދާ ( ގޫފަޅާޑި މަރިޔަމް ދީދީ ) ކާރނޭޝަން މާގެ އުފަންވީ 1 ޖަނަވަރީ 1927 ގައެވެ. މަންމަ އަކީ އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ ދެށެނާގެ އަޙްމަދު މަނިކުގެ އާއިޝަތު ދީދީ އެވެ.  ބައްޕަ އަކީ އެޅެގޭ ޢަބްދުﷲ ދީދީގެ ތުއްތު ދީދީ އެވެ.                            
ތަޢުލީމް ޙާސިލް ކުރެއްވީ  އެދުވަސްވަރު މީދޫގައި ތިއްބެވި  ޢިލްމްވެރިންގެ އަރިހުންނެވެ.
ޚަރީދާ އަކީ މީދޫގެ 
މުޖުތަމަޢަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށް ދެއްވާފައިވާ ބޭކަބަލެކެވެ. ފޫޅުމައެއްގެ ގޮތުން މީދޫގެ އެތައް ދަރިންނެއް ވިއްސާފައި ވެއެވެ. ޚަރީދާ އަކީ ދިވެހި ބޭސް ވެރިއެކެވެ. ފޫޅުމައި ކަމުގެ ސަނަދާއި ދިވެހި ބޭސްކުރުމުގެ ހުއްދަ 
ނަގާފައިވެއެވެ. މީގެ އިތުރަށް ޚަރީދާގެ ފިރިކަލުން  އަލްމަރުޙޫމް މުޙައްމަދު ނަޖީބު ( މުދިމް ދީދީ ) ކާރނޭޝަން
މާގޭގައި ގުރުއާން ކްލާސް ހިންގެވި އިރު އެކްލާހުގައި ދަރިވަރުންނަށް އަކުރު އުގަންނަވައި ދެއްވިއެވެ. 
ޚަރީދާ ނިޔާވީ 28 ފެބްރުއަރީ 2013 ގައެވެ. ވަޅުލެވިފައިވަނީ ކޯގަންނު ގަބުރުސް ތާނުގައެވެ..
ދުނިޔެ ދޫކުރެއްވި އިރު ޚަރީދާގެ 2 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭކަބަލުން ދުނިޔޭގައި ތިއްބެވިއެވެ. އެއީ ޢަހްމަދު ނަޖީބު އާއި ޢަލްޙާފިޒު ޢަބްދުﷲ ނަޖީބު އާއި އާމިނަތު ރާމިޒާ އާއި ފާތިމަތު ނަޖީބު އެވެ.