Saturday, April 15, 2017




KUDHU ALI DIDI                                          

ކުދު ޢަލިދީ ( ދިލްކްޝާގެ ) އުފަންވީ                                    ގައެވެ. މަންމައަކީ ކަޅިހާރު ސިއްތީފާނުންގެ ކުދު ފާތުމަތު ދީދީ އެވެ.   ބައްޕައކީ ގަޑުވަރިކައްދާއްދީގެ ޢަލިދީދީގެ އިބްރާހީމް ދީދީ ( ކުބެއްޔާގެ އިބްރާހީމް ދީދީ ) އެވެ.
ކުދު ޢަލި ދީދީ އަކީ މޮޅު ކެޔޮޅެކެވެ. މަސްހިއްކައިގެން އެމަސް ވިއްކުމަށްޓަކައި އެދުވަސްވަރު އޮޑިފަހަރުގައި އެތައް ފަހަރަކު ސިލޯނަށް ދަތުރުކޮށް ފައި ވެއެވެ. ޢަލިދީދީ ގިނަ ދުވަސް ތަކެއް ވަންދެން ސަރުކާރުގެ ވަޒީފާ އަދާކޮށްފައި ވެއެވެ. މިގޮތުން ރަށު އޮފީހުގެ ދޭވާނި ކަމާއި މަސއްކަތު މީހެއްގެ ވަޒީފާ އާއި ޕިޔޯނެއްގެ ވަޒީފާ އަދާ ކުރިއެވެ.  އަލިދީދީ މަސައްކަތް ކޮށްފައި ވަނީ ފެންނާ މަނިކުފާނާއި ދެށެނާގެ އިބްރާހީމް ދީދީ އާއި ނާފިޒުގެ ވެރި ކަމުގައެވެ.      

ޢަލިދީ ކުރި މަސައްކަތްތަކުގެ ތެރެއިން އެދުވަސްވަރު ރައްޔިތުންނަށް އަންގަން ޖެހޭ އެކިއެކި އެންގުންތައް އެންގުމަށާއި ރައްޔިތުން އޮފީސް ( ކާޑުގެ ) ދޮށަށް އެއްކުރުމަށްޓަކައި ބޮއި ގަޑު ޖެހުން ފާހަގަ ކޮށްލެވެއެވެ. ހުކުރު ވަގުތު އަންގަން ބޮއި ޖަހަނީ އެގާރަ ފަހަރެވެ.    ރަމަޒާން މަހުގެ ރޯދަ ވީއްލާ ގަޑި އެންގުމަށްޓަކައި ބޮއިޖަހަނީ 6 ފަހަރެވެ.     ދެ ޖިންސްގެ ރައްޔިތުން ޙާޒިރު ކުރުމަށް ޖަހަނީ      ފަހަރުގެ  ބޮއެވެ. އަންހެނުން އެއްކުރުމަށް ޖަހަނީ       ބޮއެވެ.  ފިރިހެނުން އެއްކުރުމަށް ޖަހަނީ      ފަހަރުގެ ބޮއެވެ.

ޢަލިދީ ކުންނިއަރު މަރިޔަމް ދީދީ އާއި ކައިވެނިކޮށް ގެން ލިބިފައި ވަނީ އާމިނަތު ދީދީ ( ޔާގޫތުގެ ) އެވެ.  ފަންނިއަރު ފާތުމަތު ދީދީ އާއި ކައިވެނިކޮށްގެން ނަޖުމާ ޢަލިދީދީ އާއި އަހްމދު ޖަލީލު އާއި ޢަބްދުﷲ ޢަލީ ލިބިފައިވެއެވެ.    އާމިން ކާލޯ އާއި ކައިވެނި ކޮށްގެން ލިބިފައިވަނީ ހަސީނާ އާއި ޢާއިޝަތު ޢަލި ދީދީ އާއި ޝީލާ ޢަލީ އެވެ.

ޢަލިދީދީ ނިޔައުވީ                           ގައެވެ.   ވަޅުލެވިފައި ވަނީ ކޯގަންނު ގަބުރުސްތާނުގައެވެ.                  
.





.
IBRAHIM MOHAMED                                       


އިބްރާހީމް މުހައްމަދު ( ބޭބާ ) ޖަބުރޯލުގެ  ސ.މީދޫ 

އުފަންވީ                                      ގައެވެ.     މަންމައކީ ގަމި 

ހަސަނާގެ ރެކިދިޔެ އެވެ. ބައްޕައަކީ ބިއްދަރިގޭ ކޮއްޔާގެ މުހައްމަދު އެވެ.

އިބްރާހީމް ދިރިއުޅުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ތޮށެލި ވިޔުމާއި ފަންގި ވިޔުމާއި ދަޑުވެރިކަމާއި މަސްވެރިކަން ކޮށްފައިވެއެވެ.   ދަޑުވެރި ކަމުގެ ރޮގުން މައިގަޑު މަސައްކަތެއްގެ ގޮތުގައި އޮޅުއަލަ ހެއްދި އެވެ.   މަސްވެރި ކަމުގެ ރޮގުން އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ ދިޔަހިއްކުމެވެ. ދިހަފަލި ދޯނިން މަހަށްދިޔަ ދުވަސްވަރު އެންދަމައިގެން މަހައްފުރާ ހިސާބުން ފެށިގެން މަސްބާނަންދެން ނުވަތަ މަސްނުބޭނިގެން ރަށަށް އަބުރާލަންދެން މީނާގެ މަސައްކަތަކީ ދިޔަހިއްކުމެވެ.  

އިގިރޭސިން ގަމަށް އައުމާއި ގުޅިގެން ކޮސްޓެއިން ގެ ވަޤުތީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ.   ދާއިމީ ލޭބަރެއްގެ ގޮތުގައި ކަރަންޓް ކޭބަލް އަޅައި ނިމެންދެން ގަމަށް ދިޔައެވެ.

މުހައްމަދު އިބްރާހީމް ފުތަމަ ކައިވެނި ކުރީ ކައިލަގެ އައިސާ އާއެވެ.   ދެވަނައަށް ކައިވެނި ކުރީ ކައިލަގެ ބީރާ އާއި އެވެ. މިއީ ދެބޫނުންނެވެ.   ތިނަވަނަ އަށް ކައިވެނި ކުރީ ބިއްދަރިގޭ އިބިރިހިމް ބެއްޔާގެ ދޮންދިޔަ އާއި އެވެ.  ހަތަރުވަނަ އަށް ކައިވެނި ކުރީ ކުއްދިޔަގެ މައްރާ އާއެވެ. ފަސްވަނަ އަށް ކައިވެނިކުރީ ސިއްތިޔަގެ ( ރޯނުގެ ) މަރިޔަމް ހަސަން އާއި އެވެ.
ދުނިޔޭގައި ތިބި ހުރިހާ ކުދިންގެ މަންމައަކީ މަރިޔަމް ހަސަން އެވެ.

އިބްރާހީމް މުހައްމަދު ނިޔާވީ ...................................................ގައެވެ. ވަޅުލެވިފައިވަނީ ކޯގަންނު ޤަބުރުސްތާނުގައެވެ.    ދުނިޔެ ދޫކުރި އިރު ހަ ދަރިން ނާއި އަބިމީހާ ދުނިޔޭގައި ތިއްބެވެ.
އެއީ އަބިމީހާ މަރިޔަމް ހަސަން އާއި މުހައްމަދު އިބްރާހީމް ، ޢަބްދުﷲ އިބްރާހީމް، ހުސެން އިބްރާހީމް ، ވަލީދު، ޢާއިޝަތު އިބްރާހީމް ، ފާތުމަތު އިބްރާހީމް އެވެ. 






.

Thursday, April 13, 2017




IBRAHIM RASHEED                                                  
ދޮން އާބުގޭ އިބްރާހީމް ރަޝީދު އުފަންވީ                               ގައެވެ.

މަންމައަކީ                                                                

އެވެ.  ބައްޕައަކީ ހަސްންކާރި މުހައްމަދު ވަހީދެވެ.

ރަޝީދު ތަޢުލީމް ޙާސިލް ކުރީ މަދަރުސަތުލް ހިދާޔާ އިންނެވެ.

އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު ގަމުގެ ރީޖަނަލް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުން ރަޝީދު މަސައްކަތް 

ކުރެއްވިއެވެ.   އިގިރޭސިން ގަމުން ފޭބުމާއި ގުޅިގެން ރަޝީދުވެސް އާމްދަނީ ހޯދުމަށާއި ދަރިންނަށް ކިޔަވައި 

ދިނުމަށް ޓަކައި މާލެ ދުރުވިއެވެ. ގަލޮޅު ޑިސްޕެންސަރީގައި ފާމަސިސްޓެއްގެ ގޮތުން ރަޝީދު މަސައްކަތް 

ކުރެއްވިއެވެ.

ރަޝީދު ނިޔައުވީ  ...................................................................ގައެވެ.   ވަޅުލެވިފައިވަނީ މާފަންނު 

ސަހަރާގައެވެ.


ރަޝީދު ނިޔާވިއިރު އަންބަކާއި ދެ ފިރިހެން ދަރިންނާއި ތިން އަންހެން ދަރިން ދުނިޔޭގައި ތިއްބެވެ.  


ރަޝީދުގެ ހުރިހާ ކުދީންނަކީ ވެސް މަތީ ތަޢުލީމް ޙާސިލް ކޮށް ފައިވާ ކުދީންނެވެ. މިގޮތުން ޑޮކްޓަރ ޝުވައްޔާ 

ރަޝީދަކީ މީހުންގެ މަޤްބޫލުކަން ހޯއްދަވާފައިވާ ޑޮކްޓަރކެވެ.   އަލްއުސްތާޒާ ޝަބާބު ރަޝީދަކީ ޤާނޫނީ 

ވަކީލެކެވެ. ޝިޔާޒް ރަޝީދާއި ޝައުން ރަޝިދަކީ އައިޓީގެ ރޮގުން ފުންނާބު އުސް ދެ ބޭފުޅުންނެވެ.

Tuesday, April 11, 2017



ALI SOBREE                                                


ސ.މީދޫ ވާދޫގޭ ޢަލީ ސަބްރީ އުފަންވީ                                      ގައެވެ. މަންމައަކީ ޝެއިޚް ހާޖީ ޢަބްދުއް ރަހްމާނުގެ ފާތުމަތު ދީދީގެ ދަލޭކާ ދީދީ އެވެ.
ބައްޕައަކި މީދޫއަށް ހިޖުރަކުރި ފޯއްމަލުގެ ބޭކަލެއް ކަމުގައިވާ ވާދޫގޭ މޫސާ ތައްޚާނެވެ.

ސޮބްރީ ތަޢުލީމް ޙާސިލްކުރީ ހިދާޔާ ސްކޫލުން ނެވެ. 
ސޮބްރީ އަކީ މެކެނިކަލް / އެލެކްޓްރިކަލް އެންޖިނޭރެކެވެ.  މަސައްކަތް ކޮށްފައި ވަނީ ސަފާރީ ޓްއާރސް އިން ހިންގި ބޮޑުހިތި ރިސޯރޓާއި އިޓަލީގެ ފްރޮންކޯރޯސޯ އިން ހިންގި އަތުރުގާ ރިސޯރޓްގައެވެ.
ސޮބްރީ އަކީ މޮޅު ވޮލީ ކުޅުންތެރި އެކެވެ. 1990 އަހަރު ތަކުގައި އައްޑު އަތޮޅުގައި ބޭއްވި އަތޮޅު ވޮލީ މުބާރާތުން މީދޫ ޓީމް އެތައް ފަހަރަކު ޗެމްޕިއަންކަން ހޯދިހޯދުމުގައި ސޮބްރީގެ ހިއްސާ ވަރަށް ބޮޑެވެ.

ސޮބްރީ ނިޔައުވީ                                   ގައެވެ.   ރިސޯރޓްގައި ވޮލީކުޅެން ހުއްޓާ ވެއްޓިގެން ކްލިނިކަށް ގެންދިޔައިރު ވަނީ މަރުވެފައެވެ. ހިތުގެ މައްސަލައެއްގައި ބައިޕާސް ސާޖަރީ އެއްވަނީ ހަދާފައެވެ.   ވުމާއި އެކު ލަފާކުރެވެނީ ހާރޓްއެޓޭކެއް ޖެހިގެން މަރުވީ ކަމަށެވެ.   ވަޅުލެވިފައިވަނީ މާލޭ އާސަހަރާ ގައެވެ.

ސޮބްރީގެ އަބިކަބަލަކީ އެޅެގޭ މުހައްމަދު މަޖީދުގެ ރަފިއްޔާ މަޖީދެވެ.   ދުނިޔެ ދޫކުރެއްވި އިރު އަންބަކާއި އަންހެން ދަރި އަކާއި ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވެ.





.


MOHAMED IBRAHIM




މުހައްމަދު އިބްރާހީމް ( ފަގުޑިމާގެ /ސ.މީދޫ  ) އުފަންވީ                                 ގައެވެ.
މަންމައަކީ ބޭބެ ޢަލީގެ ރެކިދިޔަ އެވެ.   ބައްޕައަކީ އިބްރާހީމް ( ބިއްދަރިގޭ އިބިރިހިމް ބެއްޔާ ) އެވެ.      މުހައްމަދު އިބްރާހީމް ތަޢުލީމް ހާސިލް ކުރީ އޭނާގެ ބައްޕަ އަރިހުންނެވެ.

ދިރި އުޅުމަށްޓަކައި ކުރި މަސައްކަތަކީ މަސްވެރި ކަމާއި ދަޑުވެރިކަމާއި ފަންގި ވިނުމާއި ތޮށަލި ވިއުމާއި މުންޑާއި ފޭލި ވިއުމެވެ.  މީގެ އިތުރަށް އަދުން ދަވާދުތައްޔާރު ކޮށްގެން ފޮތް ލިޔުމާއި ތަވީދު ލިޔުމާއި މަސް ފަންޑިތަ ހެދުން ފަދަ ކަންކަން ކޮށް ފައި ވެއެވެ.  މިހުރިހާ ކަމެއްވެސް މުހައްމަދަށް ދަސްކޮށް ދެއްވީ އޭނާގެ ބައްޕަ އިބިރިހިމް ބެއްޔާއެވެ.

މުހައްމަދު އިބްރާހީމް ކައިވެނި ކުރީ ރޯނުގެ ހަސަންގެ ( ސިއްތިޔަގެ ހަސަން ) ފާތުމަތު ހަސަން އާއި އެވެ.

މުހައްމަދު އިބްރާހީމް ނިޔައުވީ                        ގައެވެ.   ނިޔާވި އިރު ދުނިޔޭގައި ތިބީ މަރިޔަމް އިބްރާހީމް އާއި ހަސަން އާއި ޢަބްދުއް ސަމަދު އެވެ.   އަންހެނުން ވަނީ ކުރިން ނިޔާވެފައެވެ. 

Monday, April 10, 2017






ABDULLA LUTHFEE                                              

ޢަބްދުﷲ ލުތުފީ ( މީނާޒު/މީދޫ )    އުފަންވީ                                  ގައެވެ.   
މަންމައަކީ                                          އެވެ. ބައްޕަ އަކީ                             އަހްމަދު ދީދީ އެވެ.

ތަޢުލީމް ޙާސިލް ކުރެއްވީ މަދަރުސަތުލް ހިދާޔާ އިންނެވެ.    އެންމެ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެމީހުންގެ ވަޒީފާގައި ގަމުގައެވެ.  ގަމުން އިގިރޭސިން ފޭބުމާއި ގުޅިގެން އައްޑޫގެ ގިނަ ޢަދަދެއްގެ މީހުން މާލެ އާއި ރިސޯރޓް ތަކުން ވަޒީފާ ހޯދުމަށްޓަކައި މާލެ ދިޔަ ދިޔުމުގައި ލުތުފީ ވެސް ވަނީ މާލެ ގޮސް ބަޑޮސް އައިލޭންޑް ރިސޯރޓްގެ ސްޓޯރކީޕަރެއްގެ މަޤާމުގައި މަސައްކަތްކޮށް ފައެވެ.

ބަޑޮހުގެ ވަޒީފާ އިން ވަކި ވުމަށް ފަހު ރަށަށް އައިސް އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ ( އޭޑީއޭ ) ގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސް ތަކެއް ހޭދަކުރިއެވެ. އެއިގެ ފަހުން ވަޒީފާ އަދާކޮށްފައި ވަނީ އޯޝަން ރީފް ( އީކްއޭޓަރ ވިލެޖް/ސ.ގަން ) ގައެވެ. މިވަޒީފާ ގައި އުޅެމުން ލުތްފީ ގަމުގައި ސައި ހޮޓަލެއް ހިންގެވި އެވެ.   މީދޫގައި ދުއްވާ އަލްމާ ބޯޓަކީ ލުތުފީގެ ހިއްސާ އޮންނަ ބޯޓެކެވެ.

ލުތުފީ އަކީވެސް ރަށުގެ ތަރައްޤީ އަށް ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑަށް އެހީތެރިވި މީހެކެވެ.   ސ.މީދޫ މަސްޖިދު ފަޤީހު މޫސާ އަކީ ލުތުފީ ޢިމާރާތް ކުރެއްވި މިސްކިތެކެވެ.

ލުތުފީގެ ފުރަތަމަ އަބިކަބަލަކީ ޝަރީފާ މުހައްމަދު ދީދީ ( އަރިވަރު /މީދޫ ) އެވެ.   ދެވަނަ އަބިކަބަލަކީ ބޮޑުއެޅެގޭ ސާމިޔާ އަބްދުލް މުޣްނީ ( އާމިނަތު ދީދީ ) އެވެ.

ލުތުފީ ނިޔައުވީ                                                ގައެވެ.   ނިޔައުވި އިރު އަންބަކާއި އަންހެން ދަރި އަކާއި ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވެ.







 
MOHAMED MANIKUFAANU                                         


ގަޑުވަރި މުހައްމަދު މަނިކުފާނު އުފަންވީ                         ގައެވެ.
މަންމައަކީ ގަޑުވަރި އެޅަމަނިކުފާނުގެ ދޮންމަނިކަގެ މަރިޔަމް މަނިކުފާނެވެ. ބައްޕަ އަކީ ގަޑުވަރި ޒަކަރިއްޔާ މަނިކުފާނުންގެ ހުސެން މަނިކުފާނެވެ.

މުޙައްމަދު މަނިކުފާނު ދިރިއުޅުމަށްޓަކައި ކުރި މައިގަޑު މަސައްކަތަކީ މަސްވެރިކަމާއި ދަޑުވެރި ކަމެވެ.  މަސްވެރި ކަމުގެ ރޮގުން މުޙައްމަދު މަނިކުފާނަކީ މަޝްހޫރު މާކެޔޮޅެކެވެ. ދިގިމަސް ކެޔޮޅެކެވެ. ދަޑުވެރިކަމުގެ ރޮގުން މައިގަޑު ގޮތެއްގައި ހެއްދީ އޮޅު އަލައެވެ.
މުހައްމަދު ފުރަތަމަ ކައިވެނި ކުރީ ރެކިމަނިކާގެ އާމިން ދިޔަ އާއެވެ.    ދެވަނަ އަށް ކައިވެނިކުރީ ބޮޑައްބީގެ ފާތުމާ މަނިކުފާނު އާއެވެ. މިބަޑުން މުހައްމަދު މަނިކުފާނަށް ލިބިފައިވާ އަންހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.    އެއީ ބޮޑައްބީގެ މަރިޔަމް މަނިކުފާނެވެ.      ތިންވަނައަށް ކައިވެނިކުރީ ފަންނިއރު ފާތުމަތު ދީދީ އާއެވެ.   މިބަޑުން ލިބުނު ދަރިންނަކީ ފަންނިއަރު އިބްރާހީމް ޝިހާބު ( ސިންދު/މީދޫ ) ފަންނިއަރު އާމިނަތު ދީދީ (ނާދީ / މީދޫ ) ފަންނިއަރު ހަސަން ދީދީ އެވެ.
މުޙައްމަދު މަނިކުފާނަކީ ވެސް މީދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާ ފައިވާ ބޭކަލެކެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ޚިދުމަތަކީ 1960 ގެ އަހަރުތަކުގައި މީދޫ ގައި އެޅި ގައު ފާލަން އެޅުމުގައި އޭނާގެ މަސައްކަތާއި އެހީތެރިކަމެވެ.

މުހައްމަދު މަނިކުފާނު ނިޔާވީ                     ގައެވެ.   ވަޅުލެވިފައިވަނީ މާލޭ އާސަހަރާ މިސްކިތުގައެވެ.







Saturday, April 8, 2017

ALHAFIZ ABDUL RAHMAN 


ޢަބްދުއް ރަޙްމާނު ކޮތަންގެ ( ރުއްގަޑިގޭ ޢަބްދުއް ރަޙްމާނު ) 

އުފަންވީ                                       ގައެވެ. މަންމަ އަކީ މެދެދިޔަގެ އެޅަކާލޯގެ 

ޚަދީޖާ ( ކަދީދަ ) އެވެ. ބައްޕަ އަކީ 

ތުއްބީގެ ޢަލި ތައްކާނުގެ ކުންނިއަރު ހަސަން ތައްކާނުގެ މުހައްމަދު ތައްކާނު އެވެ.

ޢަބްދުއް ރަޙްމާން ދިރިއުޅުމަށްޓަކައި ކުރި މައިގަޑު މަސައްކަތަކީ ވަޑާން ކުރުމެވެ. މިރޮގުން ވަޑިއެއްގެ ގޮތުގައި 

އެތައް ދޯންޏަކާއި އެތައް ބޯޓެއް ބަދެފައިވެއެވެ.

ފަޑިޔާރު ކަލޭގެ ފާނު މިސްކިތުގައި މުދިމެއްގެ ގޮތުން ގިނަ އަހަރުތަކަކަށް މަސައްކަތް ކުރިއެވެ.

ޢަބްދުއް ރަޙްމާން ވަނީ މާލެ ގޮސް ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާގައި ޤުރުއާން ހިތު ދަހަށް ކިޔާ ޙާފިޒް 

ކަމުގެ ސަނަދު ޙާސިލްކޮށް ފައެވެ. މިކަމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލް 

ޤައްޔޫމް ޢަބްދުއް ރަޙްމާނުގެ އެދުމުގެ  މަތިން ޙައްޖު ދަތުރެއް ދެއްވިއެވެ. އެ ޙައްޖު ދަތުރު ޢަބްދުއް ރަޙްމާނު 

ވަނީ ފުރިހަމަ ކުރައްވާ ފައެވެ.

ޢަބްދުއް ރަޙްމާނުގެ އަލްމަރުޙޫމް މުހައްމަދު ތައްޚާނަކީ މާވަޑި އެކެވެ. މީނާގެ މާވަޑި ކަމުގައި ގިނަ ޢަދަދެއްގެ 

ބޯޓާއި ދޯނިފަހަރު ބަދެފައި ވެއެވެ. ޙަސަން ތައްޚާނު އާއި ޢަލި ތައްޚާނު އަކީ ވެސް ދެވަޑިންނެވެ. ވަސީފާ އާއި 

ޝަބާނާ މަސައްކަތް ކުރަނީ ތަޢުލީމީ ދާއިރާގައެވެ.





.

Friday, April 7, 2017

IBRAHIM HUSSAIN






އިބްރާހީމް ހުސެއިން ހަނދުވަރުމަތީގެ ( ސިއްތިޔަގެ އިބިރާ ) އުފަންވީ                                            ގައެވެ. މަންމައަކީ                  އެވެ. ބައްޕަ އަކީ ސިއްތިޔަގެ ( ރޯނުގެ ) ހަސަން އެވެ.

ދިރިއުޅުމަށްޓަކައި ކުރި މަސައްކަތްތަކަކީ މަސްވެރިކަމާއި ދަޑުވެރި ކަމެވެ. އަމިއްލަ ދޯންޏެއްގައި މާކެޔޮޅެއްގެ ގޮތުގައި މަހައްފުރާފައިވެއެވެ. ކަޅުބިލަ މަހުގެ ކެޔޮޅެއްގެ އިތުރަށް އިބްރާހީމް ހުސެން އަކީ ދިގުމަސް ކެޔޮޅެކެވެ. ދަޑުވެރިކަމުގެ ރޮގުން ކަރާ ބަރަބޯ ޒުވާރި ކައްޓެލަ އޮޅުއަލަ ހައްދާފައިވެއެވެ.

އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު ގަމުގައި ވަޒީފާ އަދާކުރިއެވެ. މީގެ އިތުރަށް  ކްލަބް މެޑް ރިސޯރޓް އާއި ހުޅުދޫމީދޫ އިންޖީނުގެ އާއި މީދޫ އޮފީހުގައި މަސައްކަތް ކޮށް ފައި ވެއެވެ.

އިބްރާހީމް ހުސެން އަކީ ފުޓްބޯޅަ ކުޅުން ތެރިއެކެވެ. މަންޑިކުޅުން ތެރިއެކެވެ. ބައިބަލާ ކުޅުން ތެރިއެކެވެ. މީގެ އިތުރަށް މަޝްހޫރު ދިގުދުވުން ތެރިއެކެވެ. މާލޭގައި ބޭއްވޭ ރާއްޖޭގެ ދުވުމުގެ މުބާރާތުން އިބްރާހީމް ހުސެންގެ ޓީމް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންކަން ހޯދިއެވެ. މިޓީމްގައި ހިމެނޭ ދުވުން ތެރިންނަކީ އިބްރާހިމް ހުސެން އާއި އޭނާގެ ކޮއްކޮ އަލްމަރުހޫމް ސިއްތިޔަގެ ހުސެން އާއި ފޭދު މަގިގޭ ޢަބްދުﷲ ޒާހިރާއި މަރަދޫ މަންސޫރު އާއި

އިގިރޭސިން ގަމުގައި ތިބި އިރު  ޑިޕާރޓްމެންޓް ތަކުގެ މެދުގައި ބޭއްވުނު ރޭހުގައި ބައިވެރިވެ އިބްރާހީމް ހުސެން އަށް އެއްވަނަ ލިބިފައިވެއެވެ.

އިބްރާހީމް ހުސެން އަކީ މިހާރު އޭނާގެ އުމުރުން 80 އަހަރުވެފައިވާ މީހެކެވެ. ކުޅިވަރަށް މިހާރުވެސް ސަމާލުކަން ދެއެވެ. ކުޅިވަރުން ރިޓަޔާރ ވެފައި ހުރި ނަމަވެސް އަތޮޅު ފެންވަރުގަޔާއި ރަށު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތް ބެލުމަށް ދިޔުމަކީ އޭނާ ވަރަށް ބޮޑަށް ޝައުގު ވެރިކަން ބަހައްޓާ ކަމެކެވެ. އިބްރާހީމް ހުސެންގެ އަންހެން ދަރިންނަކީ ވެސް ކުޅިވަރުގެ ރޮގުން އަތޮޅާއި ރަށުން ފާހަގަ ކޮށްލެވޭ ދަރިންނެވެ. މިމީހުން ކުޅޭ ކުޅިވަރު ތެރޭ ފުޓްސަލް ވޮލީ ބަށި ހިމެނޭ އިރު މިކުޅިވަރު ތަކަށް އިބުރާހީމް ގެ ހިތްވަރާއި އެއްބާރު ލުން ވަރަށް ބޮޑަށް ދެމުންދާ ކަން ފާހަގަކުރެވެއެވެ.




ALI DIDI




ދޮންރަހާގެ ޢަލިދީދީ އުފަންވީ                    ގައެވެ. މަންމަ އަކީ  .................................................................................އެވެ. ބައްޕަ އަކީ ................................އެވެ.



ތަޢުލީމް ޙަސިލްކުރީ އެދުވަސްވަރު މީދޫގައި ތިއްބެވި ޢިލްމްވެރިންގެ އަރިހުންނެވެ. އެއިގެ އިތުރަށް ޝެއިޚް 

ޢަބްދުއްރަޙްމާނު ލިޔުއްވާފައިވާ ވަރަށް ގިނަ ލިޔުންތައް ކިޔުއްވާ ފިގުހު ޢިލްމް ދަސްކޮސްފައިވެއެވެ. ޝެއިޚް 

ޢަބްދުއް ރަޙްމާނުގެ ކޮއްކޮ ހައްވާރަނިޔަގެ ހަސަން ބެއްޔާ އަރިހުން ވެސް ދީނީ ތަކެތި ދަސްކުރެއްވިއެވެ.

ދިރި އުޅުމަށްޓަކައި މައިގަޑު މަސައްކަތެއްގެ ގޮތުގައި ކޮށްފައިވަނީ ދަޑުވެރި ކަމެވެ. މީގެ އިތުރަށް ދަގަޑާއި ލޯ 

އަދި 

އެލްމިނިއަމް އިން އެކިއެކި ތަކެތި ހަދާ ޢާންމުންނާއި ހަމައަށް ފޯރުކޮށް ދީފައިވެއެވެ.

ކޮންކްރީޓް މެޝިނަކާއި ރޯނުވަށާ މެޝިނެއް ޢަލި ދީދީގެ އަމިއްލަ ޚިޔާލަށް އުފެއްދެވި އެވެ. މިރޯނުވަށާ މެށިން 

މާލޭގައި ސަރުކާރުން ބޭއްވެވި މައުރަޒެއްގައި ބައިވެރިކުރެއްވުމުގެ އިތުރަށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު 

މައުމޫނު ޢަބްދުލް ޤައްޔޫމް މީދޫ އަށް ކުރެއްވި ރަސްމީ ޒިޔާރަތެއްގައި ވެސް އެމަނުކުފާނާއި އެމަނިކުފާނު އަރިހުގައި 

ވަޑައިގަތް ވަފްދުގެ ބޭފުޅުންނަށް ދެއްކެވުމަށްޓަކައި ޑިސްޕްލޭ ކުރައްވާ އެމެޝިނުން ޢަލިދީދީގެ އަންހެނުން 

ރޯނުވެށި 
މަންޒަރު ދައްކަވާފައި ވެއެވެ.

އެކިއެކި ކަންކަމާއި ގުޅިގެން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ އެވޯޑް ޢަލި ދީދީ އަށް ލިބިފައި ވެއެވެ.

ޢަލި ދީދީ ނިޔާވީ                                    ގައެވެ. ވަޅުލެވިފައިވަނީ ކޯގަންނު 


ގަބުރުސްތާނުގައެވެ.

ނިޔާވިއިރު ދުނީޔޭގައި                          ތިއްބެވެ.

Wednesday, April 5, 2017


ABDULLA HALEEM




ޢަބްދުﷲ ޙަލީމް މީނާރު ސ.މީދޫ ( ބަންޑާރަދަޑިގޭ ޙަލީމް  ) އުފަންވީ 10 

އޯގަސްޓް 1947 ގައެވެ.

މަންމައަކީ އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ .......................................................................

ޢާއިޝަތު ދީދީ ( އެދުރުގޭ އައިސާ ދީދީ ) އެވެ. ބައްޕަ އަކީ ހަސަންކާރި 

ޢަލި 
ދީދީގެ މުހައްމަދު ދީދީ ( ބަޑާރަދަޑިގޭ މުހައްމަދު ދީދީ ) އެވެ.


ތަޢުލީމް ޙާސިލްކުރީ މަދަރުސަތުލް ހިދާޔާ އިންނާއި މާލޭ ޢާލިޔާ ސްކޫލުންނެވެ. ކާތިބު ކަމުގެ ސަނަދު ނެގުމަށް 


ފަހު މާލޭ ރަޖިސްޓްރީ އޮފީހުގައި ކާތިބެއްގެ ވަޒީފާ އަދާކޮށްފައި ވެއެވެ. އެއިގެ ފަހުން ސެކްރެޓަރީ ކަމުގެ ސަނަދު 

ނެގުމަށް ފަހު އައްޑު އަތޮޅު އަތޮޅު އޮފީހުގެ ސެކްރެޓަރީ ކަމާއި މާލޭ އެއަރޕޯރޓްސް އޮތޯރިޓީގެ ސެކްރެޓަރީ ކަމާއި 

އެއާރޕޯރޓްސް އޯތޯރިޓީ ސ. ގަމުގެ ސެކްރެޓަރީ ކަން ކުރައްވާ ފައި ވެއެވެ. ޙަލީމް އެންމެ ފަހުން އަދާކޮށްފައިވާ 

ވަޒީފާ އަކީ ސ.އަތޮޅު މަދަރުސާގެ އެޑްމިން އޮފިސަރެއްގެ ވަޒީފާ އެވެ.

ޙަލީމް ނިޔާވީ 9 ޑިސެމްބަރ 2004 ގައެވެ. ވަޅުލެވިފައިވަނީ މާލޭ އާސަހަރާގައެވެ.

ޙަލީމް ނިޔައުވީ އިރު އަނބިކަބަލަކާއި އަންހެން ދަރި އަކާއި 4 ފިރިހެން ދަރިން ދުނިޔޭގައި ތިއްބެވެ. ހަލީމްގެ 

އަބިކަބަލަކީ ސ.ހުޅުދޫ އެޅެހިށިގޭ ޢަބްދުލް މުހްސިންގެ ސާމިޔާ ޢަބްދުލް މުހުސިނެވެ.


ޙަލީމްގެ ހުރިހާ ދަރިންނަކީވެސް ތަޢުލީމީރޮގުން ފުންނާބު އުސްދަރިންނެވެ. މިގޮތުން ދޮށީ ފިރިހެންދަރި ފުޅު 

ޑޮކްޓަރ ސަމާ ޙަލީމަކީ ހޭނައްތާ ޑޮކްޓަރެކެވެ. އަންހެން ދަރި ފުޅު ވަފާ ޙަލީމަކީ ނަރުހެކެވެ. ދެވަނަ ފިރިހެން ދަރި 
ފުޅު  ސިވާ ހަލީމަކީ އައިލޭން އޭވިއޭޝަން އިސްމަޤާމެއް ފުރުއްވަމުން އަންނަ ބޭފުޅެކެވެ، ތިންވަނަ ފިރިހެން 

ދަރިފުޅު ސިލްމް ޙަލީމަކީ ފްލއިޓް އެންޖިނޭރެކެވެ. އެންމެ ހަގު ދަރިފުޅު ސާމިހް ޙަލީމް މިހާރު އަންނަނީ ޕައިލޮޓް 

ކޯސް ހަދަމުންނެވެ.                                                            
MARIYAM DHIYA



ހަސަންބެޔާގެ މަރިޔަމް ދިޔަ ( ލިލީގެ ) އުފަންވީ 6 މެއި 1914 ގައެވެ. މަންމައަކީ ...................................................އެވެ. ބައްޕައަކީ .......................................................................................................................................................................................
މަރިޔަމް ދިޔަ އަކީ މީދޫކޮމިޔުނިޓީ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭކަބެލެކެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތް ތަކުގެ ތެރޭ ގައި ފޫޅުމައި ކަމާއި ދިވެހިބޭސް ކުރުން ހިމެނެއެވެ. ފޫޅުމައި ކަން ދަސްކުރީ ހައްވާ ރަނިޔަގެ އައިސާފާނު ( ހައްވާ ރަނިޔަގެ ދައްތާ ) އަރިހުންނެވެ. މާލެ ގޮސް ފޫޅުމައި ކަމުގެ ސަނަދު ނަގާފައިވެއެވެ.
މަރިޔަމް ދިޔަގެ ފިރިމީހާ އަކީ އެޅެބެޔާގެ މުޙައްމަދު ފުތާ( ނުވަތަ ހަސަން ބެޔާގެ ކުދު ބެއްޔާ ) އެވެ. މިމީހުންނަކީ އެދުވަސް ވަރު މީދޫގައި ތިބި ތަނަވަސް ކަމުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ.

މައިޔަމް ދިޔަ ނިޔައުވީ 6 ފެބްރުއަރީ 1998 ގައެވެ. ވަޅުލެވިފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ. މަރިޔަމް 
ދިޔަގެ ފިރިމީހާ މުހައްމަދު ފުތާ ވަނީ 1980 ގެ ތެރޭ އިސްމެހެލާ ހެރަ އިން މީދޫ އަށް އައި މަގުމަތީ ގައި ދިޔަވަރު ބޮޑުކަމުން އިސްކޮޅު ނުޖެހިގެން ގެބި މަރު ވެފައެވެ.

މަރިޔަމް ދިޔަ ނިޔާވިއިރު ދުނިޔޭގައި ތިބި އޭނާގެ ދަރިން ނަކީ ސައިގޭ އިބްރާހީމް ޝާކިރު ( ސައިގޭ ދޮންބެއްޔާ ) ޢަލީ މުހައްމަދު ( ހަސަންބެޔާގެ އައްލޫ /ހާޖަރާގެ ) ޢަބްދުﷲ ޒުބައިރު ( ހަސަންބެޔާގެ ޢަބްދުﷲ )
ޢަބްދުލް ހަކީމް ( ހަސަން ބެޔާގެ ހަކީމް / ލިލީގެ ) އެވެ.




                 

ALI   MUSTHAFA


ޢަލީ މުސްތަފާ ( އެޅެބެއްޔާގެ ތުއްތު ދީދީ ) ގޯލްޑަން ވިލާ ސ.މީދޫ އުފަންވީ 12 ނޮވެމްބަރ 1926 ގައެވެ.
 މަންމައަކީ އަލަދަޑިގޭ މޫސާމަނިކުގެ އާމިނަތު ދީދީ އެވެ. ބައްޕައަކީ އެޅެދީދީގެ މުހައްމަދު ދީދީ އެވެ.
ދިރި އުޅުމަށްޓަކައި ކުރި މަސައްކަތްތަކަކީ ރަނާއި ރިހިން ގަހަނާ ހެދުމާއި އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެތަނުގެ މަސައްކަތް ކުރުމާއި މިސްކިތު މުދިމް ކަމެވެ.
ޢަލީ މުސްތަފާ އާމިނަތު ވަރުދާ އާއި ކައިވެނި ބައްލަވައިގެން ފިރިހެން ދަރިއަކު ލިބިފައިވެއެވެ. އެއީ ނުޢުމާނު ޢަލީއެވެ.
އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ ފުތް ދެށެނާގެ އަޙްމަދު މަނިކުގެ ދޮންދީދީގެ މަހުދިއްޔާ ޒަކީގެ ބަޑުން ލިބުނު ދަރިންގެ ތެރޭގައި މިހާރު ދުނިޔޭގައި ތިބީ ޖަވާޒާ އާއި މުނައްވަރު އާއި މަރިޔަމް ދީދީ އާއި ނަހުލާ އެވެ
.
ޢަލީ މުސްތަފާ ނިޔާވީ 25 ޖަނަވަރީ 2002 ގައެވެ. ވަޅުލެވިފައިވަނީ ކޯގަންނު ގަބުރުސްތާނުގައެވެ