އައިސާފާނު ( ޙައްވާރަނިޔަގެ ދިޔަ ) ގެ ބައްޕައަކީ
ވަށޮދިޔަގެ މާލިމީ ( ޢަލީ ) ނުވަތަ ލިޔަން ދޮންކަލޯއެވެ މަންމަ އަކީ ބޮޑައްބީގެ
ދިކާލޯއެވެ އުފަންވީ ހިޖުރައިން 1314 ވަނައަހަރުއެވެ
އެދުވަސްވަރު މީދޫގައި ތިއްބެވި ޢިލްމްވެރިންގެ އަރިހުން
އައިސާފާނު ތަޢުލީމް ޙަސިލްކުރެއްވެވިއެވެ
މައިގަޑު މަސައްކަތެއްގެ ގޮތުގައި އައިސާފާނު
ކުރިމަސައްކަތަކީ ފޫޅުމައިކަމެވެ ފޫޅުމާކަމުގެ ސަނަދު ނެގުމަށް ފަހު ސަރުކާރުގެ
ވަޒީފާ އަދާކުރުމަށްޓަކައި 15 އަހަރު މާލޭގައި ހޭދަކުރެއްވެވިއެވެ މާމާފުޅުގެ
ނަމުގައި މާލޭގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު ގިނަ ޢަދަދެއްގެ ކުދީން
ވިއްސާފައިވެއެވެ. މީގެތެރޭ ގަނޑުވަރު ތެރޭގެ ބޭފުޅުންނާއި މާލޭގެ
ކަމުވޮށިވެގެންވާ މީހުންގެ ދަރިން ހިމެނެއެވެ
މުސްކުޅިވުމާއި ގުޅިގެން މާލެ ދޫކޮށް އޭނާގެ އުފަންރަށް
ކަމުގައިވާ އައްޑުއަތޮޅު މީދުއަށް ދުރުވެ ފޫޅުމާ ކަމުގެ ޚިދުމަތް މީދޫ އާއި
ހުޅުދޫގެ ގިނަ ބަޔަކަށް ފޯރުކޮށްދީފައިވެއެވެ
ފޫޅުމާކަމުގެ އިތުރަށް ދިވެހި ބޭސްވެރިކަމާއި ކަވާޖެހުމާއި
ކަށްހިނެވުމުގެ މަސައްކަތް އައިސާފާނު ކޮށްފައިވެއެވެ
އައިސާފާނު ދުނިޔެ ދޫކުރެއްވީ އޭނާގެ ޢުމުރުން 70
އަހަރުގައެވެ ދުނިޔެ ދޫކުރެއްވިއިރު ފިރިހެންދަރިއަކާއި 3 އަންހެން ދަރިން
ދުނިޔޭގައި ތިއްބެވިއެވެ.
No comments:
Post a Comment