މުޙައްމަދު ސަޢީދު ( ފަޒާ / ސ.މީދޫ ) އުފަންވީ މމމމމމމމމ
ބައްޕައަކީ ސައިގޭ
އިބްރާޙީމް ޝާކިރެވެ މަންމައަކީ ފޮރިން ވިލާ ޢާއިޝަތު ޙަފީޒާ އެވެ
ތަޢުލީމް ޙާސިލްކުރީ މަދަރުސަތުލް ހިދާޔާއާއި މަދަރުސަތުއް
ޒަހަބިއްޔާ އިންނެވެ
ޢުރުން 16 އަހަރުގައި ޢާއިލާމީހުންގެ އެހީތެރިކަމާއި އެކު
އިމްޕޯރޓް މުދާ ވިއްކުމުގެ މަސައްކަތަށް ނިކުތެވެ. ވިޔަފާރި ކުރުމަށްޓަކައި ސައިމާ
ސްޓޯރގެ ނަމުގައި ފިހާރައެއް ރަޖިސްޓްރީކޮށްގެން މާލެއިންނާއި ނަފީ ( ނޭވީ އާރމީ
އެއަރ ފޯރސް އެންޑް އިންސްޓްޓިޔުޓްސް - އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު
އެމީހުންގެ ވިޔަފާރި މަރުކަޒު ) އިން މުދާ ގެނެސްގެން ވިއްކަން ފެށިއެވެ.
މިވިޔަފާރީގެ ނަފާއިން ދޯންޏެއް ބަދެ އިންޖީނު އަޅާ މަހަށް
ފުރުވިއެވެ. ދޯނި ދުއްވާތާ ތިން އަހަރު ވީތާ ދޯނި
ވިއްކާލަން ޖެހުނީ މަސްވެރިކަން ދަށް ވުމާއި ބާނާ މަހަށް
ވެސް ރަގަޅު އަގެއް ލިބެން ނެތުމާއި ގުޅިގެންނެވެ. ދޯނި ވިއްކާލުމަށް ފަހު
ޕެސެންޖަރުންނާއި މުދާ އުފުލުމަށްޓަކައި ލަކުޑި ބޯޓެއް ބަދެ ސައިމާ ބޯޓްގެ
ނަމުގައި އައްޑުއާއި މާލެ އާއި ދެމެދު ދަތުރު ކުރަން ފެށިއެވެ. މިބޯޓް
ބަނުމުގަޔާއި ދުއްވުމުގައި މަންމަ ފަރާތާއި ބައްޕަ ފަރާތުގެ އެއްބާރު ލުމާއި
އެހީތެރިކަން ސަޢީދަށް ވަރަށް ބޮޑަށް ލިބިފައި ވެއެވެ. ބޯޓް ދުއްވަން ފެށިތާ
މާގިނަ އަހަރުތަކެއް ނުވަނީސް ސައިމާ ސްޓޯރ ދޫކޮށް ސައިމާ ޓްރޭޑް ސެންޓަރގެ
ނަމުގައި އައު ވިޔަފާރިއެއް ފެށިއެވެ. އާންމުކޮށް ބޭނުންކުރާ ތަކެތީގެ އިތުރަށް
ހާރޑްވެއަރގެ ގިނަ އައިޓަމް ތަކެއް މިފިހާރައިގެ ސަބަބުން ރަށަށް ތަޢާރަފް
ކުރެވިފައިވެއެވެ.
ސަޢީދަކީ ވެސް މީދޫގެ ތަރައްޤީއަށްޓަކައި ގިނަގުނަ
ޚިދުމަތްތަކެއް ކޮށްދީ ފައިވާ މިހެކެވެ. ފެންނާމަގުގައި ހުންނަ މަސްޖިދުއް
ޒިކުރާއަކީ ސަޢީދުގެ ކާފަ މުޙައްމަދު އިބްރާހީމް (ކުދު ބެއްޔާ ) ގެ ހަދާނުގައި
ސަޢީދު ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ފައުންޑޭޝަން ފޮރ މީދޫ ޑިވެލޮޕްމަންޓް (
އެފްއެމްޑީ) ގެ ޗެއަރމަނެއްގެ ހައިސިއްޔަތުން ޖަމްޢިއްޔާ އަށާއި ރަށަށް
ޚިދުމަތްކޮށްދީފައިވެއެވެ.ޖެނެރޭޓަރެއް ގެނެސްގެން ރަށުގެގޭގެއަށް ކަރަންޓްގެ
ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
ދަރިންނަށް ތަޢުލީމް ޙާސިލްކޮށް ދިނުމުގެ މަޤުސަދުގައި
ނުވަދިހައިގެ އަހަރުތަކުގައި ސ.ހިތަދޫން ގެއެއް ކުއްޔަށް ހިފައިގެން ދިޔަ ސަޢީދަކީ
މިހާރު ހިތަދޫގައި އަމިއްލަ ގޯތިގެދޮރު ހުރި މީހެކެވެ. ހުރިހާ ދަރިންވެސް ވަނީ
ކިޔަވާ ނިމިފައެވެ. މިހާރުވެސް ސަޢީދު ކުރާ މަސައްކަތަކީ ވިޔަފާރިއެވެ.
No comments:
Post a Comment