![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIHailE4zhZkRC-5YG73VrTPmHcoETISp9WuT6dKWOxR6h-KGBBKcksh858g9jtIgxAoyQVzUdy1jbCgXTyhl0lm3ZuNFU2fLK9G23iGBHbYBjZDJhPMY75cLvJ4DvtSqG7fZcDZ1JyZs/s200/abdulla-zameer1.jpg)
ސ.މީދޫ ފެންނާގެ ޢަބްދުﷲ ޒަމީރު އުފަންވީ 1 އޯގަސްޓް 1958 ގައެވެ. ބައްޕަ އަކީ މުޙައްމަދު ނަސީމެވެ. މަންމައަކީ އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ ޢަހްމަދު މަނިކުގެ މުޙައްމަދު ފެންނާ މަނިކުފާނުގެ ފާޠުމަތު ޠާހިރާ އެވެ. ބަފައި ފުށުގެ އާއިލާއާއި މައިފުށުގެ އާއިލާ އިން އަލްޤާޒީ އިބްރާހީމް މަޖުދުއްދީނާއި ގުޅިފައިވެއެވެ.
ސ.މީދޫ މަދަރުސަތުލް ހިދާޔާގެ ތިންވަނަ ކްލާހުގެ ކިޔެވުން ނިންމުމަށް ފަހު ތަޢުލީމީގޮތުން އިތުރު ހަރުފަތްތަކެއް ގިރާކުރުވުމުގެ މަގުސަދުގައި ޒަމީރުގެ ބައްޕަ އޭނާ މާލެ ފޮނުވިއެވެ. ޘާނަވީ ތަޢުލީމް ޙާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. މަތީ ޘާނަވީ ފުރިހަމަކުރީ ސައެންސް އެޑިއުކޭޝަން ސެންޓަރުންނެވެ.
ރާއްޖެއިން ބޭރުން ތަޢުލީމް ޙާސިލް ކުރުމުގެ ފުރުސަތު ސަރުކާރުން ދެއްވުމާއި ގުޅިގެން ޒަމީރު ކިޔެވުމަށްޓަކައި ވަޑައިގަތީ ބެއިރޫތަށެވެ. އެމެރިކަން ޔުނިވާރސިޓީ އޮފް ބެއިރޫތުން ތަޢުލީމް ޙާސިލް ކުރުމަށްފަހު މެނޭޖްމެންޓް ދާއިރާއިން ޒަމީރު ވަނީ ޑިގްރީ ނަންގަވާފައެވެ. ޒަމީރު ވިދާޅުވާގޮތުން އިޒްރޭލްގެ ހަގުރާމައިގެ ސަބަބުން ބެއިރޫތުގައި ވަރަށް ބިރުވެރި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ.
ޒަމީރު އެންމެފަހުން އަދާކުރެއްވެވި ވަޒީފާ އަކީ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާއެވެ. ޒަމީރު ވަނީ ތަޢުލީމީރޮގުންނާއި އިދާރީ ރޮގުން ފެކަލްޓީއަށް ގިނަގުނަ ޚިދުމަތް ތަކެއް ކޮށް ދެއްވާފައެވެ. މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގަޔާއި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ
އާއި އައްޑޫ ޑިވެލޮޕްމެންޓް އޮތޯރިޓީގައި ޒަމީރު މަސައްކަތްކުރެއްވެވިއެވެ.
ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު އެކު ލަވާލުމުގައި ޒަމީރުގެ ވަރަށް ބޮޑު ހިއްސާއެއް ހިމެނިފައިވެއެވެ. މީގެ އިތުރަށް ކަތީބުން ތަމްރީނުކުރުމުގެ މޮޑިއުލް އެކުލަވާ ލައްވާ މުގައްރަރު ހެދުމުގެ މައިގަޑު މަސައްކަތް ކުރެއްވީ ޒަމީރެވެ. މެނޭޖްމެންޓާއި ބެހޭ ވަރަށްގިނަ ކަރުދާސްތަކެއް ޒަމީރު ތައްޔާރުކުރެއްވެވިއެވެ. " ހަވާލާ ދިނުމަށް މަގެއް " މިނަމުގައި ކޮލެޖްގެ ދަރިވަރުންނަށް ޓަކައި ފޮތެއް އެކުލަވާލެއްވެވިއެވެ. އޮފީސްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން އިތުރަށް ހޭލުން ތެރިކުރުމުގެ މަގުސަދުގައި ހިންގުމުގެ ދާއިރާއާއި ބެހޭ ސިލްސިލާ ލިޔުންތަކެއް ފުރަދާނަ މަޖައްލާގައި ޒަމީރު ލިޔުއްވަމުން ގެންދެވިއެވެ.
ރާއްޖޭގައި ތިއްބެވި މުވައްރިޚުންގެ ތެރެއިން ޒަމީރަކީ ފުންނާބު އުސް މުވައްރިޚެކެވެ. ތާރީޚް ދިރާސާކުރެއްވުމުގެ އިތުރަށް ތާރީޚާއި ބެހޭ ގިނަގުނަ ލިޔުންތަކެއް ލިޔުއްވާ އެކިއެކި މަޖައްލާތަކުގައި ޝާއިއު ކުރެއްވެވިއެވެ. ޒަމީރަކީ ވަރަށް ގިނަ ވަގުތުތަކެއް ދިރާސާކުރުމުގައި ހޭދަކުރައްވާ ބޭފުޅެކެވެ.
ޒަމީރު އަވަހާރަވީ 26 ސެޕްޓެމްބަރ 2009 ( 7 ޝައްވާލު 1430 ) ގެ ފަތިހު 3:30 އެހާކަށްހާއިރު ކުއްލިގޮތަކަށް ހިތްހުއްޓިގެންނެވެ. އަވަހާރަވީއިރު އަނބިކަބަލަކާއި ހައަހަރުގެ ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވިއެވެ.

hawwa manike badhalugai rangalhu gothakee Mariyam Didi eve.
ReplyDelete