Saturday, March 6, 2010

Ahmed Didi

ކަޅިހާރު އަޙްމަދު ދީދީ އުފަންވީ ހިޖުރީ ތާރީޚުން ތޭރަސަތޭކަ ސައުވީހުގައެވެ ބައްޕައަކީ  މުޙައްމަދު ދީދީ އެވެ މަންމައަކީ ގަޑުވަރު ޙަސަން ދީދީގެ ޢަލި ދީދީގެ ދޮންދީދީ އެވެ
ތަޢުލީމް ޙާސިލް ކުރީ އެދުވަސްވަރު މީދޫގައި ތިއްބެވި ޢިލްމް ވެރިންގެ އަރިހުންނެވެ
އަޙްމަދު ދީދީ އަކީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. މީގެ ތެރޭ ތެދުއުއި ވަޑާން ކިއްސަރު ވަޑާން ރަންރިިހީގެ
ގަހަނާ ހެދުން ލިޔެލާޖެހުން ފަދަ މަސައްކަތް ހިމެނެއެވެ މީގެ އިތުރަށް އަޙްމަދު ދީދީ އަކީ މޮޅު ކެޔޮޅެކެވެ
ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަލްމަރުޙޫމް މުޙައްމަދު އަމީނުގެ ދުވަސްވަރު މީދޫގައި ހެދި ބޮޑު ދެ މަގު ކަމުގައިވާ ބަހާއުއްދީން މަގާއި މަޖުދުއްދީން މަގު ހެދުމުގައި މަގުތައް ސީދާ ކުރުމުގެ މޭސްތިރީ އަކަށް ހުރީ އަޙްމަދު ދީދީ އެވެ
ބޮޑިބަތް ދޮންކަލޭގެ ފާނުންގެ އަތޮޅުވެރިކަމުގައި އޭނާ ބޭނުންކުރާނެ ހައިވަކަރު ފޮށްޓެއް ޖެހުމަށްޓަކައި އަތޮޅުން ލިބެން ހުރި އެންމެ ރަގަޅު ވަޑިޔަކު ހޯދުމަށް ކުރެވުނު މަސައްކަތުން އަޙްމަދު ދީދީ އަކީ މިމަސައްކަތަށް އެންމެ އެކަށީގެންވާ މީހާކަމަށް ފެނިގެން ފޮށި ޖެހުމަށްޓަކައި ހިތަދުއަށް ގެންދެވުނެވެ
އަޙްމަދު ދީދީ ހިތަދުއަށް ދިޔައިރު އޭނާގެ އަބިކަބަލުން ނިޔާވެފައި ވާތީ އެބުރި މީދޫ އަށް ނައިސް ހިތަދޫގެ ބޭކަބަނލަކާއި ކައިވެނިކުރުމަށް ފަހު އެރަށުގައި ވަޒަން ވެރިވީއެވެ
ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި އަހްމަދު ދީދީ ހިކިމަހާއި ކޮޕްރާ ބޮޑި ހަލުވާ ފަދަ ތަކެތީގެ ވިޔަފާރި ކަމުގައި ސިލޯނަށް ދަތުރުކޮށްފައި ވެއެވެ
މީދޫ އަބިކަބަލުންގެ ބަޑުން ޢަހްމަދު ދީދީއަށް ލިބުނު ހަތް ދަރީންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ޑޭލައިޓް ޢަބްދުލް ހަކީމް އަހްމަދު އެކަންޏެވެ ހިތަދޫ ބަޑުން އަހްމަދު ދީދީ އަށް ލިބިފައިވަނީ ދެ އަންހެން ދަރީންނެވެ

Friday, March 5, 2010

Ibrahim Ahmed Didi



އިބްރާހީމް އަޙްމަދު ދީދީ ( ގުލްއަލާގެ ) ނުވަތަ ސޭފުގޭ އިބްރާހީމް ދީދީ އަކީ ގަޑުވަރު އަޙްމަދު ދީދީގެ ޙަސަން ދީދީގެ

 ދަރިކަލުންނެވެ 
މަންމައަކީ އެޅެތޮށިގޭ ކަތީބުމަނިކާގެ ފާތުމާބީގެ ޙައްވާބީގެ އައިސާ ފާނު ( ޙައްވާރަނިޔަގެ ދިޔަ ) އެވެ އުފަންވީ 27 ރަބީޢުލްއާޚިރާ ތޭރަސަތޭކަ ފަންސާސް އެކެއް ގައެވެ

ޤުރުއާން ކިޔެވީ މުޙައްމަދު ނަޖީބު އަރިހުންނެވެ. އިބްތިދާއީ ތަޢުލީމް ހާސިލް ކުރީ މަދުރަސަތުލް ހިދާޔާ އިންނާއި މާލޭ 
މަދުރަސަތުލް ޙަމީދިއްޔާ އިންނެވެ

ދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެތަނުގެ މަސައްކަތްކޮށްފައި ވެއެވެ މީގެ އިތުރަށް އިބްރާހީމް ދީދީ އަކީ ވަޑާން ކުރާމީހެކެވެ
މިސްކިތު މުދިމެއްގެ ގޮތުގައި ދިހަ އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު މިހާރުވަނީ ރިޓަޔަރ ކުރެވިފައެވެ

އިބްރާހީމް އަޙްމަދު ދީދީ ދިވެހި ތާރީޚާއި ބެހޭ ލިޔުންތައް ހޯދާ ދިރާސާތައް ކުރަމުން އަންނަތާ މިހާރު 15 އަހަރަށް ވުރެ ގިނަވެދާނެއެވެ ތާރީޚީގޮތުން މައިގަޑު ހޯދުންތައް ހޯދާފައިވަނީ މީދޫ އާއި މީދޫގެ ޢާއިލާ ތަކާއި ހުޅުދޫ އާއި ހުޅުދޫގެ ޢާއިލާތަކާއިބެހޭގޮތުންނެވެ މީނާގެ ހޯދުންތައް އަލްމަރްޙޫމް މުޙައްމަދު ލުޠުފީ އާއި އަލްމަރުޙޫމް ޢަބްދުﷲ ޒަމީރު އާއި ހިއްސާކޮށްފައިވެއެވެ ކޯގަންނު ޤަބުރުސްތާނަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންނާއި ފަތުރުވެރިންނަށް ޤަބުރުސްތާނުގައިހުންނަ ދުވަސްވީ މަހާނަގާތަކުގައިވާ ލިޔުންތައް އޮޅުންފިލުވާ ދެއްވުމަކީ މީނާ ވަރަށް ޝައުގު ވެރިކަމާއި އެކު ކުރަމުން އަންނަ ކަމެކެވެ.



Hasan Latheef


Friday, February 26, 2010

Abdulla Mufeed

ޢަބްދުﷲ މުފީދު ކަރަންކާ ވާދީ ( އޮބޮރާގެ މުފީދު ) އުފަންވީ 24 ޖެނުއަރީ 1935 ގައެވެ ބައްޕަ އަކީ އޮބޮރާގެ މުޙައްމަދެވެ މަންމައަކީ އަލިމަނިކާގެ ފާތުމަތުއެވެ ތަޢުލީމް ޙާސިލްކުރީ މަދަރުސަތުލް ހިދާޔާ އިންނާއި މީދޫ މަކުތަބުންނެވެ މީގެ އިތުރަށް މުޙައްމަދު ނަޖީބާއި ޢަބްދުﷲ ފާއިޒުގެ އަރިހުން ތަޢުލީމް ޙާސިލް ކުރިއެވެ
އާމްދަނީ ހޯދުމުގެ ގޮތުން ފުރަތަމަ ކުރި މަސައްކަތަކީ މަސްވެރިކަމެވެ އިގިރޭސިން ގަމަށް އައުމާއި ގުޅިގެން މުފީދުއަށް ގަމުގެ ވަޒީފާ ލިބުނެވެ ގަމުގެ އެއަރޕޯރޓް ހެދުމުގެ މަސައްކަތާއި ތެޔޮތާނގީ ބެހެއްޓުމުގެ މަސައްކަތުގައި ބައިވެރި ވިއެވެ
މީދޫ ފަޅުކޮނުމުގެ މަޝްރޫޢު ފެށުނީއްސުރެން ނިމެންދެން ޕަބްލިކް ވޯރކްސް ގައި މަސައްކަތް ކޮށްފައިވެއެވެ
މުފީދަކީ ފާހަގަ ކުރެވޭ ދަޑުވެރިއެކެވެ ދަޑުވެރިކަމުގެ މަސައްކަތް ކުރާތާ މިހާރު ވިހި އަހަރު ވެއްޖެއެވެ ދަޑުވެރިކަން ފެށިއިރު ހެއްދީ ޒުވާރި އާއި ކަރާ ކަމުގައި ވީނަމަވެސް މިހާރު ކަރާ ބަރަބޯ މިރުސް ކިއުކަމްބަރ ކެބެޖް ޓްމާޓޯ ބަށި ފަދަ ތަކެތި މުފީދު އަންނަނީ ހައްދަމުންނެވެ
ބުކްކަވަރ ( ހާޑްކަވަރ ) ހެދުމާއި ބޯކޮށުމަކީވެސް މުފީދު ފުޅާ ދާއިރާއެއްގައި ކޮށްފައިވާ މަސައްކަތެކެވެ.

Mohamed Saeed



މުޙައްމަދު ސަޢީދު ( ފަޒާ / ސ.މީދޫ ) އުފަންވީ މމމމމމމމމ


 ބައްޕައަކީ ސައިގޭ އިބްރާޙީމް ޝާކިރެވެ މަންމައަކީ ފޮރިން ވިލާ ޢާއިޝަތު ޙަފީޒާ އެވެ

ތަޢުލީމް ޙާސިލްކުރީ މަދަރުސަތުލް ހިދާޔާއާއި މަދަރުސަތުއް ޒަހަބިއްޔާ އިންނެވެ

ޢުރުން 16 އަހަރުގައި ޢާއިލާމީހުންގެ އެހީތެރިކަމާއި އެކު އިމްޕޯރޓް މުދާ ވިއްކުމުގެ މަސައްކަތަށް ނިކުތެވެ. ވިޔަފާރި ކުރުމަށްޓަކައި ސައިމާ ސްޓޯރގެ ނަމުގައި ފިހާރައެއް ރަޖިސްޓްރީކޮށްގެން މާލެއިންނާއި ނަފީ ( ނޭވީ އާރމީ އެއަރ ފޯރސް އެންޑް އިންސްޓްޓިޔުޓްސް - އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެމީހުންގެ ވިޔަފާރި މަރުކަޒު ) އިން މުދާ ގެނެސްގެން ވިއްކަން ފެށިއެވެ.

މިވިޔަފާރީގެ ނަފާއިން ދޯންޏެއް ބަދެ އިންޖީނު އަޅާ މަހަށް ފުރުވިއެވެ. ދޯނި ދުއްވާތާ ތިން އަހަރު ވީތާ ދޯނި
ވިއްކާލަން ޖެހުނީ މަސްވެރިކަން ދަށް ވުމާއި ބާނާ މަހަށް ވެސް ރަގަޅު އަގެއް ލިބެން ނެތުމާއި ގުޅިގެންނެވެ. ދޯނި ވިއްކާލުމަށް ފަހު ޕެސެންޖަރުންނާއި މުދާ އުފުލުމަށްޓަކައި ލަކުޑި ބޯޓެއް ބަދެ ސައިމާ ބޯޓްގެ ނަމުގައި އައްޑުއާއި މާލެ އާއި ދެމެދު ދަތުރު ކުރަން ފެށިއެވެ. މިބޯޓް ބަނުމުގަޔާއި ދުއްވުމުގައި މަންމަ ފަރާތާއި ބައްޕަ ފަރާތުގެ އެއްބާރު ލުމާއި އެހީތެރިކަން ސަޢީދަށް ވަރަށް ބޮޑަށް ލިބިފައި ވެއެވެ. ބޯޓް ދުއްވަން ފެށިތާ މާގިނަ އަހަރުތަކެއް ނުވަނީސް ސައިމާ ސްޓޯރ ދޫކޮށް ސައިމާ ޓްރޭޑް ސެންޓަރގެ ނަމުގައި އައު ވިޔަފާރިއެއް ފެށިއެވެ. އާންމުކޮށް ބޭނުންކުރާ ތަކެތީގެ އިތުރަށް ހާރޑްވެއަރގެ ގިނަ އައިޓަމް ތަކެއް މިފިހާރައިގެ ސަބަބުން ރަށަށް ތަޢާރަފް ކުރެވިފައިވެއެވެ.

ސަޢީދަކީ ވެސް މީދޫގެ ތަރައްޤީއަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީ ފައިވާ މިހެކެވެ. ފެންނާމަގުގައި ހުންނަ މަސްޖިދުއް ޒިކުރާއަކީ ސަޢީދުގެ ކާފަ މުޙައްމަދު އިބްރާހީމް (ކުދު ބެއްޔާ ) ގެ ހަދާނުގައި ސަޢީދު ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ފައުންޑޭޝަން ފޮރ މީދޫ ޑިވެލޮޕްމަންޓް ( އެފްއެމްޑީ) ގެ ޗެއަރމަނެއްގެ ހައިސިއްޔަތުން ޖަމްޢިއްޔާ އަށާއި ރަށަށް ޚިދުމަތްކޮށްދީފައިވެއެވެ.ޖެނެރޭޓަރެއް ގެނެސްގެން ރަށުގެގޭގެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.


ދަރިންނަށް ތަޢުލީމް ޙާސިލްކޮށް ދިނުމުގެ މަޤުސަދުގައި ނުވަދިހައިގެ އަހަރުތަކުގައި ސ.ހިތަދޫން ގެއެއް ކުއްޔަށް ހިފައިގެން ދިޔަ ސަޢީދަކީ މިހާރު ހިތަދޫގައި އަމިއްލަ ގޯތިގެދޮރު ހުރި މީހެކެވެ. ހުރިހާ ދަރިންވެސް ވަނީ ކިޔަވާ ނިމިފައެވެ. މިހާރުވެސް ސަޢީދު ކުރާ މަސައްކަތަކީ ވިޔަފާރިއެވެ.

Thursday, February 4, 2010

Aisaa Faanu ( Havvaa Raniyage Dhiya )


އައިސާފާނު ( ޙައްވާރަނިޔަގެ ދިޔަ ) ގެ ބައްޕައަކީ ވަށޮދިޔަގެ މާލިމީ ( ޢަލީ ) ނުވަތަ ލިޔަން ދޮންކަލޯއެވެ މަންމަ އަކީ ބޮޑައްބީގެ ދިކާލޯއެވެ އުފަންވީ ހިޖުރައިން 1314 ވަނައަހަރުއެވެ

އެދުވަސްވަރު މީދޫގައި ތިއްބެވި ޢިލްމްވެރިންގެ އަރިހުން އައިސާފާނު ތަޢުލީމް ޙަސިލްކުރެއްވެވިއެވެ

މައިގަޑު މަސައްކަތެއްގެ ގޮތުގައި އައިސާފާނު ކުރިމަސައްކަތަކީ ފޫޅުމައިކަމެވެ ފޫޅުމާކަމުގެ ސަނަދު ނެގުމަށް ފަހު ސަރުކާރުގެ ވަޒީފާ އަދާކުރުމަށްޓަކައި 15 އަހަރު މާލޭގައި ހޭދަކުރެއްވެވިއެވެ މާމާފުޅުގެ ނަމުގައި މާލޭގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު ގިނަ ޢަދަދެއްގެ ކުދީން ވިއްސާފައިވެއެވެ. މީގެތެރޭ ގަނޑުވަރު ތެރޭގެ ބޭފުޅުންނާއި މާލޭގެ ކަމުވޮށިވެގެންވާ މީހުންގެ ދަރިން ހިމެނެއެވެ

މުސްކުޅިވުމާއި ގުޅިގެން މާލެ ދޫކޮށް އޭނާގެ އުފަންރަށް ކަމުގައިވާ އައްޑުއަތޮޅު މީދުއަށް ދުރުވެ ފޫޅުމާ ކަމުގެ ޚިދުމަތް މީދޫ އާއި ހުޅުދޫގެ ގިނަ ބަޔަކަށް ފޯރުކޮށްދީފައިވެއެވެ

ފޫޅުމާކަމުގެ އިތުރަށް ދިވެހި ބޭސްވެރިކަމާއި ކަވާޖެހުމާއި ކަށްހިނެވުމުގެ މަސައްކަތް އައިސާފާނު ކޮށްފައިވެއެވެ

އައިސާފާނު ދުނިޔެ ދޫކުރެއްވީ އޭނާގެ ޢުމުރުން 70 އަހަރުގައެވެ ދުނިޔެ ދޫކުރެއްވިއިރު ފިރިހެންދަރިއަކާއި 3 އަންހެން ދަރިން ދުނިޔޭގައި ތިއްބެވިއެވެ.