އިބްރާހީމް އަޙްމަދު ދީދީ ( ގުލްއަލާގެ ) ނުވަތަ ސޭފުގޭ އިބްރާހީމް ދީދީ އަކީ ގަޑުވަރު އަޙްމަދު ދީދީގެ ޙަސަން ދީދީގެ
ދަރިކަލުންނެވެ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJkR1QL6UKhzb3CR4fBj2x03vpZoiE2qMpF1KrSoVay7qRJbsCwRlIdE09-PNk4RW-khnE17Exa8roTR5xcAMgQBBh1Au7DdKAyb2pcpxigr2o_2QWrQwmuGotYsXzJS5X7tu86ubrXRg/s640/ibrahimdidid.png)
ޤުރުއާން ކިޔެވީ މުޙައްމަދު ނަޖީބު އަރިހުންނެވެ.
އިބްތިދާއީ ތަޢުލީމް ހާސިލް ކުރީ މަދުރަސަތުލް ހިދާޔާ އިންނާއި މާލޭ
މަދުރަސަތުލް ޙަމީދިއްޔާ އިންނެވެ
މަދުރަސަތުލް ޙަމީދިއްޔާ އިންނެވެ
ދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ
މަސްވެރިކަމާއި ދަނޑުވެރިކަމެވެ.އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެތަނުގެ
މަސައްކަތްކޮށްފައި ވެއެވެ މީގެ އިތުރަށް އިބްރާހީމް ދީދީ އަކީ ވަޑާން
ކުރާމީހެކެވެ
މިސްކިތު މުދިމެއްގެ ގޮތުގައި ދިހަ އަހަރު ޚިދުމަތް
ކުރެއްވުމަށް ފަހު މިހާރުވަނީ ރިޓަޔަރ ކުރެވިފައެވެ
އިބްރާހީމް އަޙްމަދު ދީދީ ދިވެހި ތާރީޚާއި ބެހޭ ލިޔުންތައް
ހޯދާ ދިރާސާތައް ކުރަމުން އަންނަތާ މިހާރު 15 އަހަރަށް ވުރެ ގިނަވެދާނެއެވެ
ތާރީޚީގޮތުން މައިގަޑު ހޯދުންތައް ހޯދާފައިވަނީ މީދޫ އާއި މީދޫގެ ޢާއިލާ ތަކާއި
ހުޅުދޫ އާއި ހުޅުދޫގެ ޢާއިލާތަކާއިބެހޭގޮތުންނެވެ މީނާގެ ހޯދުންތައް އަލްމަރްޙޫމް
މުޙައްމަދު ލުޠުފީ އާއި އަލްމަރުޙޫމް ޢަބްދުﷲ ޒަމީރު އާއި ހިއްސާކޮށްފައިވެއެވެ
ކޯގަންނު ޤަބުރުސްތާނަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންނާއި ފަތުރުވެރިންނަށް
ޤަބުރުސްތާނުގައިހުންނަ ދުވަސްވީ މަހާނަގާތަކުގައިވާ ލިޔުންތައް އޮޅުންފިލުވާ
ދެއްވުމަކީ މީނާ ވަރަށް ޝައުގު ވެރިކަމާއި އެކު ކުރަމުން އަންނަ ކަމެކެވެ.
No comments:
Post a Comment