Thursday, March 23, 2017

VASHODHIYAGE MAALIMEE

ވަށޮދިޔަގެ މާލިމީ ނުވަތަ ލިޔަން ދޮންކަލޯ އަކީ ހުވަދު އަތޮޅު ރަތަފަންދޫ ރައްކަލި ދިޔަ ހުޅުދޫ މުސްކުޅިގޭ

މުޙައްމަދާއި  އިދެގެން ލިބުނު އީސާގެ ޢަލީ އެވެ.

މަންމަ އަކީ ހެމެދިޔަގެ ފާތުމާ ބީއެވެ.

މާލިމީ ތަޢުލީމް ޙާސިލް ކުރެއްވީ  އެދުވަސްވަރު މީދޫގައި ކުރިއަށް  ތިއްބެވި ޢިލްމްވެރިންގެ އަރިހުންނެވެ.

މާލިމީ އަކީ ރާއްޖޭގައި އުފެދުނު އަތުލިޔުން ތެރިންގެ ތެރެއިން އަރާހުންނެވި ތަރިއެކެވެ.


ދިވެހި ސަރުކާރުން އަންގަވައިގެން މާލިމީ މާލެ ދުރުވެ ބަންޑާރަ އެދުރުގޭގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް 

ކުރެއްވިއެވެ. މިހުންނެވި ހުންނެވުމުގައި ސަރުކާރުން ލިޔުއްވި ގިނަ ފަތްކޮޅުތައް ލިޔުއްވާފައި ވަނީ މާލިމީއެވެ.

ސަރުކާރުގެ ބޮޑު ނާކޮޅުގެ މާލިމީއެއްގެ ގޮތުގައި ތިން ފަހަރު ރާއްޖެއިން ބޭރަށް ދަތުރުކޮށް ފައިވެއެވެ. މިދަތުރު 

ތަކުގައި ގޮސް ފައި ވަނީ ސިލޯނަށާއި ބަންގާޅަށާއި ކޮއްޗޭއަށެވެ.

މާލިމީ ފުރަތަމަ ކައިވެނި ބެއްލެވީ ހެމެދިޔަގެ ޢަލި ތަކުރުގެ އައިސާބީ އާއި އެވެ. މިބަނޑުން ލިބުނުދަރިންނަކީ  

ހާޖީ ޢަބްދުއް ރަޙްމާނު، ޢަބްދުލް ކަރީމް، ފާތިން ދައިތާ، މުޙައްމަދު، އިބްރާހީމް އެވެ.

ދެވަނައަށް ކައިވެނި ބެއްލެވީ ބޮޑަށްބީގެ ދީކާނލޯ އާއި އެވެ. މިބަޑުން ލިބުނު ދަރިންނަކީ މޫސާމަނިކާ( ރެކިމަނިކާ( ) 
އާއި އަހަމަދު މަނިކާއި ހަސަން މަނިކާ (ހައްވާ ރަނިޔަގެ ހަސަން ބެއްޔާ ) އާއި އައިސާފާނު ( ހައްވާ ރަނިޔަގެ   ދިޔަ ) އެވެ                                                                 . 

Saturday, March 18, 2017

MOHAMED AHMED






މުހައްމަދު އަހްމަދު ( އަހްމަދުގެ ކަލޯ/ބަށިމާގެ ) އުފަންވީ 29 އޮކްޓޯބަރ 1922 ގައެވެ. މަންމަ އަކީ ދަލިކާގެ ފާތުމަތުގެ މަރިޔަމް އެވެ. ބައްޕައަކީ އައިސާ ކާލަގެ ކާލޯ ދައިތާގެ އަޙްމަދެވެ.
ދިރި އުޅުމަށް ޓަކައި ކުރި މައިގަޑު މަސައްކަތަކީ މަސްވެރި ކަމެވެ. މަސްވެރި ކަމުގެ ރޮގުން މުހައްމަދަކީ މޮޅު އެންކެޔޮޅެކެވެ.
މަސްވެރިކަމުގެ ރޮގުން ހިތްވަރު ދިނުމުގެ އިނާމް ސަރުކާރުން  މުޙައްމަދަށް ވަނީ ދެއްވާ ފައެވެ.
މުހައްމަދުގެ ފުރަތަމަ އަނބިކަބަލަކީ އެވެ. ބޭބޭ އަލިޔަގެ އާއިޝަތެވެ. މިބަޑުން މީނާ އަށް ފިރިހެން ދަރިއަކު ލިބުނެވެ. އެއީ ހަދުވަރު ވިލާ ޢަލީ މުހައްމަދެވެ.
މުހައްމަދުގެ ދެވަނަ އަބިކަބަލަކީ ކަލޯގެ ދޮނާ އެވެ. މި ބަޑުން ފިރިހެން ދަރި އަކާއި ދެ އަންހެން ދަރިން މުހައްމަދަށް ލިބިފައި ވެއެވެ. އެއީ ޢަބްދުއް ސަމަދު ( ދޮނާގެ ތުއްތޫ ) އާއި ލަތީފާ މުހައްމަދު އާއި މަރިޔަމް މުހައްމަދެވެ. މެޓް އޮފީހުގެ މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ސަމަދު ވަނީ މަރުވެފައެވެ.
މުހައްމަދު ނިޔާވީ                 ގައެވެ.