
މުޙައްމަދާއި އިދެގެން ލިބުނު އީސާގެ ޢަލީ އެވެ.
މަންމަ އަކީ ހެމެދިޔަގެ ފާތުމާ ބީއެވެ.
މާލިމީ ތަޢުލީމް ޙާސިލް ކުރެއްވީ
އެދުވަސްވަރު މީދޫގައި ކުރިއަށް ތިއްބެވި ޢިލްމްވެރިންގެ އަރިހުންނެވެ.
މާލިމީ އަކީ ރާއްޖޭގައި އުފެދުނު އަތުލިޔުން ތެރިންގެ ތެރެއިން އަރާހުންނެވި
ތަރިއެކެވެ.
ދިވެހި ސަރުކާރުން އަންގަވައިގެން މާލިމީ މާލެ ދުރުވެ ބަންޑާރަ އެދުރުގޭގައި
މުދައްރިސެއްގެ ގޮތުގައި މަސައްކަތް
ކުރެއްވިއެވެ. މިހުންނެވި ހުންނެވުމުގައި
ސަރުކާރުން ލިޔުއްވި ގިނަ ފަތްކޮޅުތައް ލިޔުއްވާފައި ވަނީ މާލިމީއެވެ.
ސަރުކާރުގެ ބޮޑު ނާކޮޅުގެ މާލިމީއެއްގެ ގޮތުގައި ތިން ފަހަރު ރާއްޖެއިން
ބޭރަށް ދަތުރުކޮށް ފައިވެއެވެ. މިދަތުރު
ތަކުގައި ގޮސް ފައި ވަނީ ސިލޯނަށާއި
ބަންގާޅަށާއި ކޮއްޗޭއަށެވެ.
މާލިމީ ފުރަތަމަ ކައިވެނި ބެއްލެވީ ހެމެދިޔަގެ ޢަލި ތަކުރުގެ އައިސާބީ އާއި
އެވެ. މިބަނޑުން ލިބުނުދަރިންނަކީ
ހާޖީ
ޢަބްދުއް ރަޙްމާނު، ޢަބްދުލް ކަރީމް، ފާތިން ދައިތާ، މުޙައްމަދު، އިބްރާހީމް އެވެ.
އާއި އަހަމަދު މަނިކާއި ހަސަން މަނިކާ (ހައްވާ ރަނިޔަގެ ހަސަން ބެއްޔާ ) އާއި އައިސާފާނު ( ހައްވާ ރަނިޔަގެ ދިޔަ ) އެވެ .
No comments:
Post a Comment