ޢަލީ މުސްތަފާ ( އެޅެބެއްޔާގެ ތުއްތު ދީދީ ) ގޯލްޑަން ވިލާ ސ.މީދޫ އުފަންވީ
12 ނޮވެމްބަރ 1926 ގައެވެ.
މަންމައަކީ އަލަދަޑިގޭ މޫސާމަނިކުގެ އާމިނަތު
ދީދީ އެވެ. ބައްޕައަކީ އެޅެދީދީގެ މުހައްމަދު ދީދީ އެވެ.
ދިރި އުޅުމަށްޓަކައި ކުރި މަސައްކަތްތަކަކީ ރަނާއި ރިހިން ގަހަނާ ހެދުމާއި
އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެތަނުގެ މަސައްކަތް ކުރުމާއި މިސްކިތު
މުދިމް ކަމެވެ.
ޢަލީ މުސްތަފާ އާމިނަތު ވަރުދާ އާއި ކައިވެނި ބައްލަވައިގެން ފިރިހެން
ދަރިއަކު ލިބިފައިވެއެވެ. އެއީ ނުޢުމާނު ޢަލީއެވެ.
އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ ފުތް ދެށެނާގެ އަޙްމަދު މަނިކުގެ
ދޮންދީދީގެ މަހުދިއްޔާ ޒަކީގެ ބަޑުން ލިބުނު ދަރިންގެ ތެރޭގައި މިހާރު ދުނިޔޭގައި
ތިބީ ޖަވާޒާ އާއި މުނައްވަރު އާއި މަރިޔަމް ދީދީ އާއި ނަހުލާ އެވެ
.
ޢަލީ
މުސްތަފާ ނިޔާވީ 25 ޖަނަވަރީ 2002 ގައެވެ. ވަޅުލެވިފައިވަނީ ކޯގަންނު
ގަބުރުސްތާނުގައެވެ
No comments:
Post a Comment