MARIYAM DHIYA


ހަސަންބެޔާގެ މަރިޔަމް ދިޔަ ( ލިލީގެ ) އުފަންވީ 6 މެއި 1914 ގައެވެ.
މަންމައަކީ ...................................................އެވެ. ބައްޕައަކީ
.......................................................................................................................................................................................
މަރިޔަމް ދިޔަ އަކީ މީދޫކޮމިޔުނިޓީ އަށް ގިނަގުނަ ޚިދުމަތްތަކެއް
ކޮށްދީފައިވާ ބޭކަބެލެކެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތް ތަކުގެ ތެރޭ ގައި
ފޫޅުމައި ކަމާއި ދިވެހިބޭސް ކުރުން ހިމެނެއެވެ. ފޫޅުމައި ކަން ދަސްކުރީ ހައްވާ
ރަނިޔަގެ އައިސާފާނު ( ހައްވާ ރަނިޔަގެ ދައްތާ ) އަރިހުންނެވެ. މާލެ ގޮސް ފޫޅުމައި
ކަމުގެ ސަނަދު ނަގާފައިވެއެވެ.
މަރިޔަމް ދިޔަގެ ފިރިމީހާ އަކީ އެޅެބެޔާގެ މުޙައްމަދު ފުތާ( ނުވަތަ ހަސަން
ބެޔާގެ ކުދު ބެއްޔާ ) އެވެ. މިމީހުންނަކީ އެދުވަސް ވަރު މީދޫގައި ތިބި ތަނަވަސް
ކަމުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ.
މައިޔަމް ދިޔަ ނިޔައުވީ 6 ފެބްރުއަރީ 1998 ގައެވެ. ވަޅުލެވިފައިވަނީ މީދޫ
ކޯގަންނު ގަބުރުސްތާނުގައެވެ. މަރިޔަމް
ދިޔަގެ ފިރިމީހާ މުހައްމަދު ފުތާ ވަނީ 1980 ގެ ތެރޭ އިސްމެހެލާ ހެރަ އިން މީދޫ އަށް އައި މަގުމަތީ ގައި ދިޔަވަރު ބޮޑުކަމުން އިސްކޮޅު ނުޖެހިގެން ގެބި މަރު ވެފައެވެ.
ދިޔަގެ ފިރިމީހާ މުހައްމަދު ފުތާ ވަނީ 1980 ގެ ތެރޭ އިސްމެހެލާ ހެރަ އިން މީދޫ އަށް އައި މަގުމަތީ ގައި ދިޔަވަރު ބޮޑުކަމުން އިސްކޮޅު ނުޖެހިގެން ގެބި މަރު ވެފައެވެ.
މަރިޔަމް ދިޔަ ނިޔާވިއިރު ދުނިޔޭގައި ތިބި އޭނާގެ ދަރިން ނަކީ ސައިގޭ
އިބްރާހީމް ޝާކިރު ( ސައިގޭ ދޮންބެއްޔާ ) ޢަލީ މުހައްމަދު ( ހަސަންބެޔާގެ އައްލޫ
/ހާޖަރާގެ ) ޢަބްދުﷲ ޒުބައިރު ( ހަސަންބެޔާގެ ޢަބްދުﷲ )
ޢަބްދުލް ހަކީމް ( ހަސަން ބެޔާގެ ހަކީމް / ލިލީގެ ) އެވެ.
No comments:
Post a Comment