މުހައްމަދު އަލި ދީދީ
މުހައްމަދު އަލި ދީދީ ( ބަންޑާރަދަޑިގޭ މުޙައްމަދު ދީދީ ) އުފަންވީ 6 ޖުލައި
1920 ގައެވެ. ބައްޕައަކީ ހަސަންކާރިގެ ޢަލި ދީދީ އެވެ. މަންމައަކީ ދެށެނާގެ ތުއްތު
މަނިކު ( ޙަސަން މަޖުދުއްދީން ) ގެ ދޮންދީދީ އެވ
ދިރި
އުޅުމަށް ޓަކައި މައިގަޑު މަސައްކަތެއްގެ ގޮތުން ކޮށްފައިވާ މަސައްކަތަކީ މަސްވެރި
ކަމެވެ. މަސްވެރި ކަމުގެ ރޮގުން މުޙައްމަދު ދީދީ އަކީ މަޝްހޫރު މާކެޔޮޅެކެވެ.
ތުނޑާގެ ދޯންޏާއި ވަށޮދިޔަގެ އިނާމް ދޯންޏާއި އުވަގޭ ދޯނި މީނާގެ މާކެޔޮޅު
ކަމުގައި މަހަށް ފުރާފައިވެއެވެ. މަސްވެރިކަމުގެ އިތުރަށް މުޙައްމަދު ދީދީ އަކީ
ދަނޑުވެރިއެއްވެސް މެއެވެ. ދަނޑުވެރިއެއްގެ ގޮތުން އޮޅުއަލަ، ޒުވާރި،
ކުދިބަތް،ބިންބި، ކަރާ ހައްދާފައި ވެއެވެ. ދަނޑުވެރިކަމުގެ މަސައްކަތުގައި މީނާގެ
އަނބިކަބަލުން އެދުރުގޭ ޢާއިޝަތު ދީދީގެ ވަރަށް ބޮޑު ހިއްސާ އެއް ހިމެނިފައިވެއެވެ
ެ
ދަނޑުވެރިކަމާއި
މަސްވެރިކަމުގެ އިތުރަށް 1940 އާއި 1950 ގެ އަހަރު ތަކުގައި ހިކި ކަނޑު މަހާއި
ލޮނުމަސް އަދި ބޮޑި،އައުރުސް،ރިހާކުރު ފަދަ ތަކެތީގެ ވިޔަފާރީގައި ސިލޯނަށް
ދަތުރުކޮށް ފައިވެއެވެ. އެދުވަސް ވަރު މަޝްހޫރު ކަޅިހާރި އޮޑި މާލެ އަށާއި
ސިލޯނަށް ދަތުރުކޮށް ހެދީ މުޙައްމަދު ދީދީގެ ބައްޕަ ހަސަންކާރިގޭ ޢަލި ދީދީގެ
ވެރިކަމުގައެވެ. އެހެން ކަމުން ި
ޢުމުރުން
12 އަހަރުގައި ބައްޕަ އާއި އެކު ސިލޯނަށް ދަތުރު ކުރަން ފެށިއެވެ. މިގޮތުން ޖުމްލަ
އަށާރަ ފަހަރު ސިލޯނަށް ގޮސް ފައިވެއެވެ. އޮޑީގައި ސިލޯނަށް ދަތުރުކުރި ދުވަސްވަރު
މުޙައްމަދު ދިދީ އަށް ދިމާވި އެންމެ ހިތާމަވެރި ޙާދިޘާ އަކީ ކަޅިހާރު އޮޑީގައި
މާލެއިން ފުރައިގެން ގޮސް ހުވަދޫ ކަނޑު ތެރޭގައި އިންދާ މޫސުމް ގޯސް ވެގެން އޮޑި
ބެހުމެވެ. އެއްވެސް ތަނެއްދޮރެއް ނުފެނި 25 ދުވަސް ފަހުން އޮޑި ކާރީވީ ސިލޯނާއެވެ.
މިދަތުރު އޮޑި ބަނދަރު ކުރީ ގާލީ ބަނދަރުގައެވެ. ެ
އޮޑި
ފަހަރު ސިލޯނަށް ދަތުރު ކުރުން ހުއްޓުމާއި ގުޅިގެން ވިޔަފާރި ދަތުރު ތަކުގައި މާލެ
ދަތުރުކޮށްފައިވަނީ ބޯޓް ފަހަރުގައެވެ. މުޙައްމަދު ދީދީ އަކީ ވެސް އެދުވަސް ވަރު
ރަށުގައި ތިބި ތަނަވަސް ކަމުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ.
އިގިރޭސިން އައްޑު އަތޮޅު ގަމަށް
އައުމާއި ގުޅިގެން މީދޫން ގަމަށް މަސައްކަތު ދިޔަ މީހުންގެ ހެޑްމޭން އެއްގެ
މަގާމްގައި މުޙައްމަދު ދީދީ މަސައްކަތްކޮށް ފައިވެއެވެ. ެ
މުޙައްމަދު ދީދީ އަކީ ވެސް މީދޫގެ
ތަރަށްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބޭކަލެކެވެ. ނަވާރަ ސަތޭކަ
ފަސްދޮޅަހުގެ އަހަރު ތަކުގައި މީދޫގައި އެޅި ދިގު ފާލަން އެޅުމުގައި މުޙައްމަދު
ދީދީގެ ހިއްސާ ވަރަށް ބޮޑެވެ.
No comments:
Post a Comment