Saturday, May 30, 2009

Abdulla Mansoor




ޢަބްދުﷲ މަންސޫރު އުފަންވީ 26 ޖުލައި 1941 ގައި ސ.މީދޫގައެވެ. ބައްޕައަކީ ކުންނިއަރު އިބްރާހީމް ދީދީ އެވެ. މަންމަ އަކީ ބަންކެޔޮވަލިގޭ ޙައްވާ މަނިކުފާނެވެ. ތަޢުލީމް ޙާސިލް ކުރެއްވީ ސ.މީދޫ މަދުރަސަތުލް ހިދާޔާއިންނެވެ

26 އޯގަސްޓް 1961 ން ފެށިގެން 31 މާރޗް 1976 އަށް މަންސޫރު ވަޒީފާ އަދާކޮށްފައި ވަނީ ރޯޔަލް އެއަރ ފޯރސް ގޭން ( އައްޑު އަތޮޅު ގަން ) ގައެވެ. މިމުއްދަތުގައި އަދާކުރި ވަޒީފާ ތަކުގެ ތެރޭގައި އޮފިސަރސް މެސްގެ ރޫމް ބޯއި ކަމާއި ވޭޓަރ ކަމާއި ބާރމޭން ކަމާއި ޑީ.އޯ.އީގެ ފިޓަރމޭޓް ކަމާއި ޓައިމްކީޕަރު ކަމާއި ލައިބްރަރީ ކްލާރކް ކަމާއި ވޯރކްސް ޕްރޮޖެކްޓް އެންޑް މެއިންޓެނަންސް ކޮންޓްރޯލް ކްލާރކް ކަން ހިމެނެއެވެ. 31 މާރޗް 1976 ގައި އިގިރޭސިން ގަމުން ފޭބުމާއި ހަމައިން ގަމުގައި މަންސޫރު ކުރަމުން އައި މަސައްކަތް ވެސް ނިމުނީ އެވެ

އިގިރޭސިން ގަމުން ފޭބުމާއި ގުޅިގެން އެވަގުތު އައްޑު އަތޮޅުގެ ހާލަތު ހުރިގޮތުން މަންސޫރަށް މަޖުބޫރުވީ އާމްދަނީ ހޯދާނެ ވަސީލަތެއް ހޯދުމަށް ޓަކައި މާލެ ދާށެވެ. ނަސީބު ދިމާކުރިގޮތުން މާލެ ދިޔަތަނާ ވިލިގިލީ ބީޗް ރިސޯރޓްން މަންސޫރަށް ވަޒީފާލިބުނެވެ. 16 އޯގަސްޓް 1976 ން 31 މާރޗް 1980 އަށް މަންސޫރު ވިލިގިލި ރިސޯޓްގެ ތަފާތު މަގާމްތަކުގައި މަސައްކަތް ކޮށްފައި ވެއެވެ. މިގޮތުން ބާރމޭން ކަމާއި ހައުސްކީޕަރުކަމާއި އެކްސްކާޝަން މެނޭޖަރު ކަމާއި ލޯންޗް ސެކްޝަންގެ މެނޭޖަރު ކަމާއި އެއަރ ޕޯޓް ރެޕްރެޒެންޓެޓިވް ކަމުގެ ވަޒީފާ އަދާކޮށްފައި ވެއެވެ. މީގެ އިތުރަށް ޔުނިވަރސަލް ޓްރަވަލް ޑިޕާޓްމަންޓްގައި 1 އޭޕްރީލް 1980 އިން 2001 ށް ވަޒީފާ އަދާކޮށްފައިވެއެވެ. ޓްރަވަލް ޑިޕާޓްމެންޓްގައި އަދާކުރީ ވަޒީފާ ތަކުގެ ތެރޭގައި އެއަރޕޯޓް ރެޕްރެޒެންޓެޓިވް ކަމާއި މެނޭޖަރ ކަން ހިމެނެއެވެ. 1 އޭޕްރީލް 2004 ން ފެށިގެން މަންސޫރު އަންނަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ހުޅުދޫ މީދޫ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރުގެ ވަޒީފާ އަދާކުރަމުންނެވެ

މަންސޫރުއަކީ ރަށުގެ ތަރައްގީއަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މީދޫގެ ދަރިއެކެވެ. އެމްސީސީ (ކްލަބް ) އުފެދުމާއި ގުޅިގެން އެކްލަބްގެ ޗެއަރމަން ކަމަށް މަންސޫރު އިންތިޚާބުކުރެވުނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ނެވެ. ޒުވާނުންނާއި ކުޅިވަރުގެ ކަންތަކަށް ކްލަބްގެ ފަރާތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މަންސޫރުގެ ޗެއަރމަން ކަމުގައި އެމްސީސީގެ ފަރާތުން ކްލަބްގެ ކަންތައްތައް ހިންގާނެ ޢިމާރާތެއް ބިނާ ކުރެވުނެވެ. ފަހުން މިޢިމާރާތް ވަނީ މީދޫ ރައްޔަތުންނަށް ހަދިޔާކުރެވިފައެވެ. މިޢިމާރާތަކީ މިހާރު މިދޫ އޮފީސް ހިންގާ ޢިމާރާތެވެ

މަންސޫރަކީ ވެސް މިރަށުގެ ރިކޯޑް ފޮތަށް އަލަށް ދެކަމެއް ތަޢާރަފް ކުރުމުގެ ރިކޯޑް ހަދާފައިވާ މީހެކެވެ. މިގޮތުން އެންމެ ފުރަތަމަ މޮޓޯސައި ކަލަކާއި ހަތަރު ފްރޮޅުލީ އިންޖީންލީ އެއްގަމު އުޅަދެއް މީދުއަށް ގެނައީ ޢަބްދުﷲ މަންސޫރު އެވެ